ތިނަދޫ ސިޓީ ކައުންސިލުން ގިނަ އަދަދެއްގެ ތަކެތި ވަގަށް ނެގުމާ ގުޅިގެން ބައެއް ޚިދުމަތްތައްިދުމަތްތައް މެދުކެނޑިއްޖެ

ޚަބަރު ފަހުގެ

ތިނަދޫ ސިޓީ ކައުންސިލްގެ ގިނަ އަދަދެއްގެ ތަކެތި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ނަމުގައި އައި ބަޔަކު ވަގަށް ނަގައިފިއެވެ. މި ހާދިސާއާ ގުޅިގެން ކައުންސިލުން ދެމުންދިޔަ ބައެއް ޚިދުމަތްތައް މެދުކެނޑިފައިވާ ކަމަށް އެކައުންސިލުން މަޢުލޫމާތު ދީފިއެވެ.

ތިނަދޫ ސިޓީ ކައުންސިލުން ފޭސްބުކް މެދުވެރިކޮށް ހިއްސާކުރި މަޢުލޫމާތުގައިވާ ގޮތުން، މި މައްސަލަ ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހަޅާފައެވެ. އަދި މިހާރު ވަނީ ފުލުހުން މި މައްސަލަ ތަޙުޤީޤުކުރަން ފަށާފައެވެ.

އިޝްތިހާރު
އިޝްތިހާރު

“މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅި ބަލަމުންދާތީ ކައުންސިލްގެ ބައެއް ޚިދުމަތްތައް މެދު ކެނޑިފައިވާ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ،” ކައުންސިލުން ބުންޏެވެ.

ނަމަވެސް، ވަގަށް ނެގި ތަކެތީގެ ތަފްސީލާއި، އޭސީސީގެ ނަމުގައި އައި ކަމަށް ބުނާ ފަރާތްތަކާ ބެހޭ އިތުރު މަޢުލޫމާތެއް ކައުންސިލުން ހާމަކޮށްފައެއް ނުވެއެވެ. އަދި މި ހާދިސާއާ ގުޅިގެން މެދުކެނޑުނު ޚިދުމަތްތަކަކީ ކޮބައިކަމެއްވެސް ސާފުކޮށް ބަޔާންކޮށްފައެއް ނުވެއެވެ.

މި ހާދިސާއާ ގުޅޭގޮތުން އޭސީސީން އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ