ސަފާރީން ވެއްޓި ގެއްލުނު މީހާ ހޯދައިފި

ޚަބަރު ފަހުގެ

މިރިހި އައިލެންޑް ރިސޯޓް ކައިރީގައި އޮތް “ނޯތު 07” ސަފާރީއިން މޫދަށް ވެއްޓި، ގެއްލުނު މީހާގެ ހަށިގަނޑު ހޯދައިފިއެވެ.

އެ ސަފާރީން ވެއްޓިގެން ހޯދަމުން ދިޔައީ، ނ. ހޮޅުދޫ / ސީވީޑް، ޢަލީ އަރުޝަދު (35 އަހަރު) އެވެ.

އިޝްތިހާރު
އިޝްތިހާރު

ފުލުހުން މިއަދު ބުނި ގޮތުގައި، ސަފާރީގެ ސީސީޓީވީ ފުޓޭޖު ބެލިއިރު، ރޭގެ ވަގުތެއްގައި ސަފާރީގެ ޑެކް މަތީގައި ހުއްޓާ އަރުޝަދު ވެއްޓި ޑެކްގެ އަރިމަތީ ޖެހިފައި މޫދަށް ވެއްޓިފައިވާ ތަން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެމްއެންޑީއެފުން ދާދި ދެންމެ އަކު ބުނީ، ގެއްލުނު ދިވެހި މީހާގެ ހަށިގަނޑު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން، ކަނޑުގެ 69 މީޓަރު އަޑިން ހޯދާފައިވާ ކަމަށެވެ. އަދި ޑައިވަރުންގެ ޓީމުން، އެ މީހާގެ ހަށިގަނޑު، 15:35 ހާއިރު ލޯންޗަށް ނަގާފައިވާ ކަމަށެވެ.

 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ