ދިވެހި ދައުލަތުގެ ޢިއްޒަތް ދެ ބޭފުޅަކަށް އަރުވައިފި

ޚަބަރު ފަހުގެ

ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް (ނ.މ.ޝ.ޢ) އާއި ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް (ނ.ދ.ޝ.ޢ) ދެބޭފުޅަކަށް އަރުއްވައިފިއެވެ

ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް އަރުއްވާފައިވަނީ، މާފަންނު މަޚްމާވިލާ އިބްރާހީމް އިސްމާޢީލް ޢަލީ އަށެވެ. އަދި، ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް އަރުއްވާފައިވަނީ، މައްޗަންގޮޅި ވިލުވެލި ބަދުރުއްނަޞީރް އަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެދެބޭފުޅުންނަށް ދައުލަތުގެ އިއްޒަތް އަރުއްވާފައިވަނީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައި ރާއްޖޭގެ ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އެވެ.

އައްސުލްޠާން މުޙައްމަދު ޝަމްސުއްދީނަށް ނިސްބަތްކުރެވޭ ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް (ނ.މ.ޝ.ޢ) މިރޭ އެރުވި އިބްރާހީމް އިސްމާޢީލް ޢަލީއަކީ ކުޅިވަރުގެ ތާރީޚުގައި ފަޚުރުވެރި ކާމިޔާބީތަކެއް ހާސިލުކުރައްވައިފައިވާ، ކުޅިވަރު ކުރިއެރުވުމާއި، ކުޅިވަރު ތަރައްޤީ ކުރެއްވުމުގައި ފާހަގަކުރެވޭ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާ މިރޭ އެރުވި ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތް (ނ.ދ.ޝ.ޢ)އަކީ އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީނަށް ނިސްބަތްކޮށްފައިވާ ޢިއްޒަތެކެވެ. މިރޭ މި ޢިއްޒަތް އެރުވި ބަދުރުއްނަޞީރަކީ ބްރޯޑްކާސްޓިންގ ދާއިރާއަށް 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. 1967 ވަނަ އަހަރުގެ ޖޫން މަހު އެ މަނިކުފާނު ރޭޑިއޯ ބްރޯޑްކާސްޓިންގގެ ދާއިރާއާ ގުޅިވަޑައިގަތީ ވުޒާރަތުލް މާލިއްޔާ (ބ)ގެ 2 ނަންބަރު އޮޕަރޭޓަރެއްގެ ވަޒީފާއިންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ