އުތުރުގެ 4 ރަށެއް ފަތުރުވެރިކަމަށް ހުޅުވާލައިފި

ޚަބަރު ފަހުގެ

ރާއްޖޭގެ އުތުރުގެ ހަތަރު ރަށެއް ފަތުރުވެރިކަމަށް ބީލަމަށް ހުޅުވައި ލައިފިއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމްއިން ގެޒެޓްކޮށްފައިވާ އިޢުލާނެއްގައި ބުނީ، ފަތުރުވެރިކަން ތަރައްޤިކުރުމަށް ބިލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅުއްވާފައިވާ ރަށްރަށާއި ބިންބިމުގެ ތެރެއިން  03 (ތިނެއް) ރަށާއި 01 (އެކެއް) ބިމުގައި ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލުމަށް އެމިނިސްޓްރީއިން ނިންމާފައިވާކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން ބީލަމަށް ހުޅުވާލާފައިވާ ރަށްތަކަކީ؛

1) ތިލަދުންމަތި އުތުރުބުރި (ހއ) އަލިދުއްފަރުފިނޮޅު
2) ތިލަދުންމަތި ދެކުނުބުރި (ހދ) ވައިކަރަމުރައިދޫ (15 ހެކްޓަރުގެ ބިން)
3) މިލަދުންމަޑުލު އުތުރުބުރި (ށ) ކުޑަޅައިމެންދޫ
4) މިލަދުންމަޑުލު ދެކުނުބުރި (ނ) ކޮންނަމެލައި އެވެ.

މި ބީލަމަށް ކުރިމަތިލުމަށް ބީލަން ފޮތް ގަންނަ އެދޭ އެޕްލިކޭޝަން ފޯމް އެ މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

އަދި ޝައުގުވެރިވެލައްވާ ފަރާތްތަކުން 14 ޖަނަވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ވަރޗުއަލް (ޖޫމް މެދުވެރިކޮށް) ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، 07 މާރިޗު 2011 ވާ އާދިއްތަ ދުވަހު 10:00 އަށް އެމިނިސްޓްރީއަށް ހާޟިރުވެ ބީލަން ހުށަހެޅޭނެކަމަށްވެސް އިޢުލާނުގައި ވެއެވެ.

މީގެއިތުރުން ބުނެފައިވަނީ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް 13 ޖަނަވަރީ 2021 ބުދަ ދުވަހުގެ 14:00 ގެ ކުރިން އިމެއިލް planning@tourism.gov.mv އަށް މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި ނަމާއި، އިމެއިލް އެޑްރެސް، އިމެއިލް ކުރަންވާނެކަމަށާއި، ބީލަން ފޮތް ލިބިވަޑައިގަންނަވާނީ 31 ޑިސެންބަރު 2020 ވާ ބުރާސްފަތި ދުވަހުން ފެށިގެން 04 މާރިޗު 2011 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ
ހެނދުނު 0900 1300 އާއި ދެމެދު މިނިސްޓްރި އޮފް ޓޫރިޒަމް (ވެލާޔާގެ، 5 ވަނަ ފަންގިފިލާ) ރިސެޕްޝަނުންކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ