ނިޔާމަ ރިސޯޓަށް އަރާ ފޭބުން މާނާކޮށްފި

ޚަބަރު ފަހުގެ

ކޮވިޑް-19 ގެ ކޭސްތަކެއް ފެނި ނިޔާމަ ރިސޯޓަށް އަރާ ފޭބުން މަނާ ކޮށްފިއެވެ. ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު މިރޭ ވިދާޅުވީ އެ ރިސޯޓުން ފައްސިވީ ދެ ޓޫރިސްޓުންނާއި ފަސް މުވައްޒިފުން ކަމަށެވެ.

މީގެ ތެރެއިން ފަސް މީހުން ފައްސިވެފައިވަނީ ބަލީގެ އަލާމާތް ހުރެގެން ޓެސްޓުކުރުމުންނެވެ. އަނެއް ދެމީހުން ފާހަގަވެފައިވަނީ ކޮންޓެކްޓް ޓްރޭސިން ގެ ތެރެއިންނެވެ.

އިޝްތިހާރު
އިޝްތިހާރު

ނަޒްލާ އިތުރަށް ވިދާޅުވީ އެ ރިސޯޓުން 17 ސާމްޕަލް ނަގާ ޓެސްޓްކޮށްފައިވާ ކަމަށާއި އަދިވެސް އިތުރު ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޖުލައި މަހުގެ 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލި ފަހުން މިއީ ރިސޯޓެއް މޮނިޓަރިން އަށް ގެނައި ފުރަތަމަ ފަހަރެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ