ވަގަށް ރާއްޖެއިން ބޭރުކުރަން އުޅުނު މިޔަރު އުރަހަ ޝިޕްމަންޓެއް އަތުލައިގެންފި

ޚަބަރު ފަހުގެ

ވަގަށް ރާއްޖެއިން ބޭރުކުރަން އުޅުނު މިޔަރު އުރަހައިގެ ޝިޕްމަންޓެއް އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސްއިން ބުނީ އަތުލައިގަތް މިޔަރު އުރަހައިގެ ބަރުދަނުގައި 429 ކިލޯ ހުރި ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ވައިގެމަގުން ރާއްޖެއިން ބޭރުކުރަންއުޅުނު މިޔަރު އުރަހަތައް ބޭރުކުރަން އުޅުނީ ލޮނުމަހުގެ ގޮތުގައި ކަމަށާއި، 21 ފޮށިގަނޑެއްގައ ބަންދުކޮށްފައިި ކަމަށްވެސް ކަސްޓަމްސްއިން ބުނެފައި ވެއެވ.

މިޔަރު އުރަހަ ޝިޕްމަންޓް އަތުލައިގަތީ، މޯލްޑިވްސް ކަސްޓަމްސްއާއި، އޭވިއޭޝަން ކޮމާންޑު ގުޅިގެން ކުރިމަސައްކަތުން ވެލާނާ އިންޓަރނޭޝަންލް އެއާޕޯޓުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ