ހަނިމާދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރި މީހަކު ހައްޔަރުކޮށްފި

ހަނިމާދޫ ފަހުގެ

ހދ. ހަނިމާދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން 2025 އޮކްޓޯބަރ 15 ވަނަ ދުވަހު އޮޕަރޭޝަނެއްގައި، ތުހުމަތު ކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ހދ. ހަނިމާދޫ، ޑޯން ޝައިން، އަޙްމަދު އަޒުމީ (40 އަހަރު) އެވެ. އޭނާ ހައްޔަރުކުރި އިރު އޭނާ ހުރި ތަނުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 6 ރަބަރު ޕެކެޓް ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނުގައި 8.2 ގްރާމް ހުރިކަމަށް ފުލުހުން ބުނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އަޙްމަދު އަޒުމީގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ 5 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން މިހާރު ގެންދަނީ ތަޙްޤީޤު ކުރަމުންނެވެ.

މަސްތުވާތަކެތީގެ މައްސަލާގައި އަޒްމީ ފުރަތަމަ ހައްޔަރުކުރީ ގިނަ އަދަދެއްގެ ފުލުހުން ހަނިމާދޫ އަށް އަރައި ހިންގި ފުޅާ އޮޕަރޭޝަނަކަށްފަހު 25 ޖެނުއަރީ 2024 ގައެވެ. އެ މައްސަލައިގެ ތުހުމަތުގައި މުއްދަތު ޖަހައި ގިނަ ދުވަސްތަކެއް ވަންދެން އޭނާ ފުލުހުންގެ ބަންދުގައި ވެސް ބެހެއްޓިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ