ކައުންސިލް އިންތިޚާބާއި އަންހެނުންގެ ކޮމިޓީގެ އިންތީޚާބު އަންނަ މާރިޗް މަހު!

ފަހުގެ ސިޔާސީ

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު އަންނަ މާރިޗުމަހުގެ 28 ވަނަ ދުވަހަށް ތާވަލު ކުރެވިފައިވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.

ދައިލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ، އިންތިޚާބު ބާއްވާނެ ތާރީޚެއްގެ ގޮތުގައި ކޮމިޝަނުން ތާވަލުކޮށްފައިވަނީ 28 މާރިޗު 2026 ކަމަށާއި، ކެނޑިޑެންސީއަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީމަހުގެ 17 ވަނަ ދުވަހުކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޒާހިދު ވިދާޅުވީ، އެހެން ފަހަރުތަކާ ޚިލާފަށް މިފަހަރު ކެނޑިޑެންސީ ފޯމު ހުށަހެޅުމުގެ މަރުހަލާ ޑިޖިޓަލްކުރެވިފައިވާކަމަށެވެ. އެގޮތުން ކައުންސިލް އިންތިޚާބަށް ކުރިމަތިލުމަށް ކަރުދާސް ފޯމު ހުށަހެޅުމުގެ ބަދަލުގައި، އިލެކްޝަންސް ކޮމިޝަންގެ ޕޯޓަލް މެދުވެރިކޮށް އެ މަރުހަލާ އޮންލައިން ކުރެވިގެންދާނެކަމަށް ޒާހިދު ވިދާޅުވިއެވެ. އަދި މިއީ އިދާރީ އިންތިޒާމްތައް ފަސޭހަކުރުމަށާއި ޚަރަދުކުޑަކުރުމަށްވެސް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ޒާހިދު ފާހަގަކުރެއްވިއެވެ.

އިންތިޚާބުގެ އިދާރީ ކަންކަމަށް 270 ވަރަކަށް މުވައްޒަފުން ބޭނުންވާކަމަށާއި، މުވައްޒަފުން ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށް ޒާހިދު ވިދާޅުވިއެވެ. ޒާހިދު ވިދާޅުވީ ކައުންސިލް އިންތިޚާބު ބޭއްވުމަށްޓަކާ 70 ނުވަތަ 80 މިލިޔަނެއްހާ ރުފިޔާ ޚަރަދުވާނެކަމަށް ލަފާކުރެވޭކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ