ސީއެމްބިއުލާންސްއަކާއި ލޯންޗެއް އެކްސިޑެންޓްވެ 3މީހުންނަށް އަނިޔާވެއްޖެ

ޚަބަރު ފަހުގެ

މ.މުލިން ފުރައިގެން މާލެ ދަތުރުކުރި ސީ އެމްބިއުލާންސްއަކާ ލޯންޗެއްޖެހި އެކްސިޑެންޓްވެ، 3 މީހުންނަށް އަނިޔާވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވި އެކްސިޑެންޓްވެފައިވަނީ މ.މުލިން ފުރައިގެން މާލެ ދަތުރުކުރި ލޯންޗަކާއި، މާލެއިން ފުރައިގެން ދަތުރުކުރި ލޯންޗެއްކަމަށެވެ. މި އެކްސިޑެންޓް ހިނގީ އިތާފުށީ ރިސޯޓް ކައިރިންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޙާދިސާ ހިނގިއިރު ސީ އެމްބިއުލާންސް ލޯންޗުގައި 8 މީހުން އަދި މާލެއިން ދަތުރުކުރި ލޯންޗުގައި ދެ މީހުން ތިއްބެވެ. މީގެތެރެއިން ސީ އެމްބިއުލާންސްގައި ތިބި 2 މީހުންނަށް އެކިވަރުގެ ހާނީއްކަ ވެފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. އަދި މާލެއިން ދަތުރުކުރި ލޯންޗުގެ ކެޕްޓަނަށްވެސް އެކި ވަރުގެ ހާނީއްކަވަނީ ވެފައެވެ. ލޯންޗު އެކްސިޑެންޓްގައި ހާނީއްކަވީ މީހުން އިތުރު ފަރުވާއަށް މިހާރުވަނީ މާލެ ގެނެސްފައެވެ.

މިޙާދިސާ ހިނގީ ރޭ ދަންވަރު 01:00 ހާއިރުއެވެ. އެކްސިޑެންޓް ހިނގި ސަރަޙައްދަށް ގޮސް، އެމްއެންޑީއެފްގެ މާލެ އޭރިއާގެ ކޯސްޓްގަރޑުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ