ދެ ލޯންޗު ޖެހިގެން ހިނގި އެކްސިޑެންޓުގައި އަނިޔާވި އެކަކަށް އައިސީޔޫގައި ފަރުވާ ދެނީ

ޚަބަރު ފަހުގެ

މ. މުލިން ފުރައިގެން މާލެ ދަތުރުކުރި ލޯންޗަކާއި، މާލެއިން ފުރައިގެން ދަތުރުކުރި ލޯންޗެއް ޖެހި ރޭ ދަންވަރު ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރެއިން އެކަކުގެ ހާލު ސީރިއަސްވެ، އޭނާއަށް އައިޖީއެމްއެޗްގެ އައިސީޔޫ ގައި ފަރުވާ ދެމުން އެބަދެއެވެ.

އޮންލައިން ނޫސް “ސީއެންއެމް” އިން ބުނެފައިވަނީ އެކްސިޑެންޓުވި ސީ އެމްބިއުލެންސްގައި އޮތް ބަލިމީހާގެ އިތުރުން ދެ މީހުންނަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށާއި އޭގެ ތެރެއިން އެކަކަށް އައިސީޔޫ ގައި ފަރުވާ ދެމުން އަންނަ ކަމަށް އެހޮސްޕިޓަލުގެ މީޑިއާ އޮފިޝަލު ވިދާޅުވެފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އައިސީޔޫ ގައި ފަރުވާ ދެމުން އަންނަނީ އުމުރުން 43 އަހަރުގެ ފިިރިހެނަކަށް ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ރޭ ދަންވަރު 1:00 ހާއިރު ހިނގި މިއެކްސިޑެންޓާއި ގުޅިގެން އަނިޔާވީ މީހުން މާލެ ގެނެސްފައިވަނީ އެމްއެންޑިއެފް ކޯސްޓްގާޑުގެ އެހީގައި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

“މި ހާދިސާ ހިނގި އިރު ސީއެމްބިއުލަންސް ލޯންޗުގައި 8 މީހުން ތިބި. މީގެ ތެރެއިން 2 މީހަކައަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު އެކްސިޑެންޓްވި އަނެއް ލޯންޗުގައި 2 މީހުން ތިބި. އޭގެ ތެރެއިން އެ ލޯންޗު ދުއްވަން ހުރި ކެޕްޓަނަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަމުގެ މަޢުލޫމާތު ލިބިފައިވޭ.” އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

މިއެކްސިޑެންޓު ހިނގާފައިވަނީ އިތާފުށި ކައިރިން ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ