އޭޝިއާގެ ޔޫތު ގޭމްސްގައި ގައުމީ އަންހެން ރިލޭ ޓީމުން ބްރޯންޒް މެޑަލް ހޯދައިފި

ކުޅިވަރު ފަހުގެ

ބަހްރެއިންގައި މިހާރު ކުރިއަށްދާ އޭޝިއާގެ ޔޫތު ގޭމްސްގައި ރާއްޖޭގެ ގައުމީ އަންހެން ރިލޭ ޓީމުން ލޯ މެޑަލް ހޯދައިފި އެވެ.

ބަހްރެއިންގެ ވެރިރަށް މަނާމާގައި ކުރިއަށްދާ ގޭމްސްގެ 4 ގުނަ 100 މީޓަރު ރިލޭގެ ފައިނަލުގައި ވާދަކުރީ ދެކުނު އޭޝިއާ ސަރަހައްދުގެ ހަތަރު ޓީމެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ލޯ މެޑަލް ހޯދި 4 ގުނަ 100 މީޓަރު ރިލޭ ޓީމުގައި ހިމެނެނީ، އައިޝަތު ޝަބާ ސަލީމް، ހައްވާ މުޒްނާ ފާއިޒު، އަހްނާ ނިޒާރު އަދި ޒިވާ މޫސާ ޝަފީއު އެވެ.

ފަސް ޓީމުން ވާދަކުރި މި ރޭހުގެ އެއް ވަނަ ހޯދި ސްރީ ލަންކާ ޓީމުގެ ޓައިމިން އަކީ 44.70 ސިކުންތެވެ. އަދި، ދެ ވަނައިގައި ނިންމި އިންޑިއާ ޓީމުގެ ޓައިމިން އަކީ 44.93 ސިކުންތެވެ. ތިން ވަނަ ހޯދި ރާއްޖެ ޓީމުގެ ޓައިމިން އަކީ، 47.79 ސިކުންތެވެ. ހަތަރެއްގައި ނިންމި ބަންގްލަދޭޝްގެ ޓައިމިން އަކީ، 48.21 ސިކުންތެވެ. އަަދި، ފުލުން ނިންމި، ނޭޕާލް ޓީމުގެ ޓައިމިން އަކީ، 50.17 ސިކުންތެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ