އެޓޯލް ޗެމްޕިއަންޝިޕް 2025/26: ހަނިމާދޫ މުބާރަތްފެށީ މޮޅަކުން

ހަނިމާދޫ ކުޅިވަރު ފަހުގެ

އެޓޯލް ޗެމްޕިއަންޝިޕް 2025/2026 ގައި އުތުރު ރީޖަންގެ ޒޯންގެ ހދ.އަތޮޅުގެ މުބާރާތުގައި ހަނިމާދޫ ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފިއެވެ.

އިއްޔެ ހަވީރު ކުޅުދުއްފުށީ ސިޓީގެ ޒޯން ސްޓޭޑިއަމްގައި ކުޅުނު މިޗުގައި ހަނިމާދޫ ނޮޅިވަރަމް ބަލިކުރީ 3-0 ލަނޑުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިމެޗުގައި ހަނިމާދޫއަށް ލަނޑުތައް ޖަހައިދީފައި ވަނީ ނޫރުﷲ ތޯހާ އާއި މުހައްމަދު ޚާލިދެވެ. މީގެ ތެރެއިން މުޙައްމަދު ޚާލިދު ވަނީ ދެ ލަނޑު ޖަހައިދީފައެވެ.

މި މުބާރާތުގެ ހދ.އަތޮޅުގެ މެޗެއް ދެން އޮންނާނީ މި މަހުގެ 4 ވާ އަންގާރަ ދުވަހުއެވެ. އެދުވަހު ބައްދަލުކުރާނީ ޓީމް ކުޅުދުއްފުއްޓާއި ނޮޅިވަރަމެވެ.

މި މުބާރާތުގައި ހދ.އަތޮޅުން ބައިވެރިވެފައި ވަނީ ވެސް މި ހަތަރު ޓީމެވެ. އެއީ ކުޅުދުއްފުށީ ސިޓީ، ހަނިމާދޫ، ނެއްލައިދޫ އަދި ނޮޅިވަރަމެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ