އަންހެނުންގެ ހާއްސަ ބަލިތަކަށް ފަރުވާ ދިނުމަށް، މަޝްހޫރު އަންހެނުންގެ ޑޮކްޓަރު ޑރ. ރަވީ ޝަންކަރު މިމަހު 22 އަދި 23 ގައި ހަނިމާދޫ އައިލެންޑް ފޮލިކްލިނިކަށް ޒިޔާރަތްކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ހަނިމާދޫ އަދި އެ ވަށައިގެންވާ ރަށްރަށުގެ އަންހެނުންނަށް ހާއްސަ ބަލިތަކަށް ފަރުވާ ހޯދުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން އައިލެންޑް ފޮލިކްލިނިކުން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ސިއްހީ ހިދުމަތްތަކަށް އާންމުންނަށް ފަސޭހައިން ލިބޭނެ ގޮތް ހެދުމަށް ކުރާ މަސައްކަތެކެވެ.
ޑރ. ރަވީ ސަންކަރު ބައްލަވައި ދެއްވާނެ ބަލިތަކުގެ ތެރޭގައި އައި.ވީ.އެފް އަދި ޕީރިއަޑްގެ މައްސަލަތައް ހިމެނެއެވެ. މީގެ އިތުރުން ވާޖިނަލް އިންފެކްޝަންތަކާއި ދަރިމައިވުމުގެ މައްސަލަތައް، އަދި ހޯމޯންގެ މައްސަލަތަކަށް (ހޯމޯނަލް ކޮންޑިޝަންސް) ވެސް ފަރުވާ ދެއްވާނެއެވެ.
މިފަދަ ހާއްސަ ބަލިތަކަށް ފަރުވާ ހޯދަން ބޭނުންވާ ފަރާތްތަކަށް މިއީ ރަނގަޅު ފުރުސަތެކެވެ.
އައިލެންޑް ފޮލިކްލިނިކުން ހުޅުވާލާފައިވާ މި ފުރުސަތުގެ ބޭނުން ހިފައި، އެޕޮއިންޓްމަންޓް ހެއްދެވުމަށްޓަކައި ކްލިނިކުގެ ހޮޓްލައިން ނަންބަރ 7560995 ގުޅުއްވުމަށް އިރުޝާދު ދެއްވައެވެ.


