ރާއްޖެ-ފަލަސްޠީން މެޗުގެ ސްވެނިއަރ ޕްލެޓިނަމް ޓިކެޓު ރައީސް މުޢިއްޒު ބައްލަވައިގެންފި

ކުޅިވަރު ފަހުގެ

ދިވެހިރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމާއި ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ޓީމު ރާއްޖޭގައި ކުޅޭ އެކުވެރިކަމުގެ ފުރަތަމަ މެޗުގެ ސްވެނިއަރ ޕްލެޓިނަމް ޓިކެޓު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ބައްލަވައިގެންފިއެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަހުމަދު ޠާރިޤު ރައީސަށް ހަވާލުކުރެއްވީ 1000 ރުފިޔާގެ ޕްލެޓިނަމް ޓިކެޓާއި ހަނދާނީ ސްވެނިއަރ ޕްލެޓިނަމް ޓިކެޓެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިރޭ އާއި މާދަމާރޭ ކުޅޭ ދެ މެޗަށް ވީހާވެސް ގިނަބަޔަކު ސްވެނިއަރ ޓިކެޓް ގަތުމަކީ ސަރުކާރުގެ ބޮޑު އެދުމެއް ކަމަށް އެފްއޭއެމްއިން ބުނެއެވެ.

ސްވެނިއަރ ޕްލެޓިނަމް ޓިކެޓު 1000 ރުފިޔާއަށް އަދި ސްވެނިއަރ ގޯލްޑް ޓިކެޓު 500 ރުފިޔާއަށް ވިއްކަމުން އަންނައިރު، މި ޓިކެޓުން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާކުރާނީ ހަނގުރާމައިގެ ހާލަތުގައި އޮތް ފަލަސްޠީނުގެ ފުޓުބޯޅަ އަލުން ދިރުވައި ތަރައްޤީކުރުމަށް ފަލަސްޠީން ފުޓުބޯޅަ އެސޯސިއޭޝަނަށް ކަމަށް އެފްއޭއެމްއިން ބުންޏެވެ.

ދެ މެޗަށް ވެސް ދަނޑުގެ ގޮނޑިބަރިއާއި ސިޑިބަރިއަށް ހިލޭ ވަދެވޭނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ