އަސާސީ ވެކްސިންތަކުގެ ތެރޭގައި އިތުރު ދެ ވެކްސިނެއް ހިމަނާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭ އިން ބުނި ގޮތުގައި އަސާސީ ވެކްސިންތަކަށް އިތުރު ކޮށްފައިވަނީ ނިއުމޯކޮކަލް އަދި ރޮޓާ ވައިރަސް ވެކްސިން ކަމަށެވެ. މި ދެ ވެކްސިން މިއަދުން ފެށިގެން ދޭން ފަށާނެ ކަމަށާއި އެ ދެ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އުމުރުން ދެ މަހުގެ، ހަތަރު މަހުގެ އަދި ހަ މަހުގެ ތުއްތު ކުދިންނަށް ކަމަށް ވެސް އެ އެޗްޕީއޭ އިން ބުނެފައިވެ އެވެ.
ނިއުމޯކޮކަލް ވެކްސިން އަކީ ނިއުމޯނިޔާ އަދި މެނިންޖައިޓިސް އިން ރައްކާތެރިވުމަށް ޖަހާ ވެކްސިނެކެވެ. އަދި ރޮޓާވައިރަސް އަކީ ބޭރަށް ހިންގުމާއި ގިނައިން ހޮޑުލުން ފަދަ ކަންކަމުން ދުރުވުމަށް ދޭ ވެކްސިނެކެވެ.
މި ދެ ވެކްސިން އަސާސީ ވެކްސިންތަކުގެ ތެރޭގައި ހިމެނިގެން ދިއުމާއެކު މި ދެ ވެކްސިންތަކަށް އާސަންދައިން ކަވަރު ކުރާނެއެވެ.


