އީރާނުގެ މިސައިލް ޕްރޮގްރާމަށް ހަމަލާދޭން އެމެރިކާއިން އިސްރާއީލަށް ތާއީދު ދޭނެ: ޓްރަމްޕް

ޚަބަރު ފަހުގެ ދުނިޔެ

އީރާނުގެ މިސައިލްޕްރޮގްރާމަށް ހަމަލާދިނުމުގައި އެމެރިކާއިން އިސްރާއީލަށް ތާއީދު ދޭނޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ޓްރަމްޕް މިފަދައިން ބުނެ އިންޒާރު ކޮށްފައިވަނީ، އިސްތިއުމާރީ އިސްރާއީލުގެ މުޖުރިމު ނަތަންޔާހޫ އެމެރިކާއަށް ގެންގޮސް ފްލޮރިޑާގައި އޭނާއާ ބައްދަލު ކުރުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ޓްރަމްޕް ބުނީ، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމަށް އަމާޒުކޮށް އިސްރާއީލުން އަސްކަރީ ހަމަލާ ދޭނަމަ އެމެރިކާއިން އެކަމަށް ވަގުތުން ތާއީދު ދޭނޭ ކަމަށެވެ. އެކަމުގައި އެއްވެސް ޝައްކެއް ނެތް ކަމަށެވެ.

އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް އަދި މިސައިލް ޕްރޮގްރާމް އަލުން ތަރައްގީކުރަން އީރާނުން މަސައްކަތް ކުރާނަމަ، އެ ތަންތަނަށް އަލުން އަސްކަރީ ހަމަލާ ދިނުމާމެދު އެމެރިކާއިން ވިސްނާނެ ކަމަށްވެސް ޓްރަމްޕް އިންޒާރު ކޮށްފައި ވެއެވެ.

އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނުގެ ނިއުކްލިއަރ 3 ކާރުޚާނާއަށް މިއަހަރުގެ ޖޫންމަހުގެ ތެރޭގައިވަނީ ވަރުގަދަ ވައިގެ ހަމަލާތަކެއްދީ ބޮޑެތި ގެއްލުންތައް ދީފައެވެ.

ހަމަލާތަކަށްފަހު، ނިއުކްލިއަރ ޕްލާންޓްތައް އަލުން ތަރައްގީކުރަން މަސައްކަތް ކުރަމުންދާކަން ޚުދު އީރާނުންވެސް ހާމަކޮށްފައި ވާއިރު، އެމެރިކާގެ ރައީސް ޓްރަމްޕް ބުނީ، އަލުން ހަމަލާދީ އެތަންތަން ބިމާހަމަކޮށްލާނޭ ކަމަށެވެ.

އޭނާ ބުނީ، އެމެރިކާއާއި އިސްރާއީލު ގުޅިގެން ދުޝްމަނުންނާ ދެކޮޅަށް ދިން ހަމަލާތަކުގައި ބޮޑެތި ކާމިޔާބީތައް ލިބިފައިވާ ކަމަށެވެ.

ޓްރަމްޕް އިޝާރާތް ކުރީ، ޣައްޒާގެ ނަސްލުނައްތާލަން އިސްރާއީލުން ހިންގާ ޖަރީމާތަކަށް އެމެރިކާއިން ދެމުންގެންދާ މަދަދާއި، ލުބުނާނާ ދެކޮޅަށް ދެމުންގެންދާ އަސްކަރީ ހަމަލާތަކާއި، އަދި އީރާނަށް ދިން ހަމަލާތަކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ