ރަޝިޔާގެ އުޅަނދުތައް ތެޔޮ ޓޭންކަރާ ހަމައަށް ނުފޯރަނިސް، އެމެރިކާ ސިފައިން ޓޭންކަރަށް އަރައި ޓޭންކަރު ހިފައިފި

ޚަބަރު ފަހުގެ ދުނިޔެ

މެރިނޭރާ ނުވަތަ ކުރީގެ ނަމުން ނަމަ ބެލާ-1 ގެ ނަމުން ނަންދީފައިވާ ރަޝިޔާގެ ދިދަޖެހި ތެޔޮ ޓޭންކަރު ހިފިކަން އެމެރިކާއިން ކަށަވަރު ކޮށްފީފިއެވެ.

މިކަން ކަށަވަރު ކޮށްދީފައިވަނީ އެމެރިކާ އަސްކަރިއްޔާގެ ޔޫރަޕިއަން ކޮމާންޑުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ހެލިކޮޕްޓަރުގައި ގޮސް ތެޔޮ ޓޭންކަރަށް ފައިބައި، އޭގައި ތިބި އެންމެނާއެކު ޓޭންކަރު މިހާރު ވަނީ އެމެރިކާ ސިފައިންގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފައެވެ.

މިއީ، ވެނެޒުއެލާގެ ތެލާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ޚިލާފްވެ، ވަގަށް ތެޔޮ ބޭރުކުރަން އުޅުނު ޓޭންކަރެއް ކަމަށް އެމެރިކާއިން ބުނެއެވެ.

އެމެރިކާ ސިފައިން ޓޭކްނަރު އަތުލައިގެންފައިވަނީ، ހަފްތާއެއްހާ ދުވަސް ވަންދެން އެ ޓޭންކަރު ފަހަތުން ދުއްވުމަށް ފަހުގައެވެ.

ޓޭންކަރު އަތުލައިގަތީ، ނޯތު އެޓްލާންޓިކް ކަނޑުން ދަތުރުކުރަނިކޮށެވެ. އެއި، ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދެވެ.

އެމެރިކާ އަސްކަރިއްޔާގެ ޔޫރަޕިއަން ކޮމާންޑުން ބުނެފައިވަނީ، ތެޔޮ ޓޭންކަރު އަތުލައިގަނެ އެމެރިކާ ސިފައިންގެ ބާރުގެ ދަށަށް ގެނައީ، އެމެރިކާގެ ފެޑެރަލް ކޯޓުން އެކަމަށް އަމުރު ނެރެފައިވާތީ ކަމަށެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންދެވުނީ، އެމެރިކާ ސަރުކާރުގެ ޖަސްޓިސް ޑިޕާޓްމަންޓާއި، ޑިޕާޓްމަންޓް އޮފް ހޯމްލެންޑް ސެކިއުރިޓީއާއި، ޑިޕާޓްމަންޓް އޮފް ވޯރއާ ގުޅިގެން ކަމަށްވެސް، ޔޫރަޕިއަން ކޮމާންޑުން ބުނެފައި ވެއެވެ.

ޚަބަރުތައް ބުނާގޮތުގައި، އެމެރިކާ ސިފައިންގެ ހަމަލާ އަމާޒުވާނެކަން އެނގޭތީ ތެޔޮ ޓޭންކަރުގެ ދިފާއަށް ރަޝިޔާއިން ސަބްމެއިންއާއި ކަނޑުގެ އެހެން އުޅަނދުތައްވެސް ފޮނުވިއެވެ.

ނަމަވެސް، ރަޝިޔާއިން ފޮނުވި އުޅަނދުތައް އެ ހިސާބަށް ފޯރުމުގެކުރިން އެމެރިކާ ސިފައިންވަނީ ތެޔޮ ޓޭންކަރަށް އަރައި ޓޭންކަރު ހިފާފައެވެ.

އެމެރިކާ ސަރުކާރުގެ ހަނގުރާމައިގެ ވަޒީރު ޕީޓް ހެގްސެތު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ވެނެޒުއެލާގެ ތެލާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒު ކުރަމުން ގެންދާ ކަމަށާއި، ދުނިޔޭގެ ކޮންމެ ތާކުންވެސް އެމެރިކާއިން އެކަން ކުރާނޭ ކަމަށެވެ.

އެމެރިކާ ސިފައިން ވެނެޒުއެލާއަށް ހަމަލާ ދިނުމަށްފަހު އެގައުމުގެ ރައީސް ކިޑްނެޕްކޮށްގެން ވަނީ އެމެރިކާއަށް ގެންގޮސްފައެވެ. އަދި ވެނެޒުއެލާގެ ތެލާއި ވެނެޒުއެލާގެ މުސްތަބްލާމެދު ގޮތް ނިންމާނީ އެމެރިކާއިން ކަމަށްވެސް ގެންދަނީ ބުނަމުންނެވެ.

އެކަމަކު، ވެނެޒުއެލާއާއި، ދުނިޔޭގެ އެހެން ގައުމުތަކާ ދެމެދު ހަދާފައިވާ ތެލާ ގުޅޭ އެއްބަސްވުންތަކުގެ ދަށުން، ވެނެޒުއެލާއިން ތެޔޮ ބޭރު ކުރެވެން ޖެހޭނޭ ކަމަށް ބޮޑެތި އެތައް ގައުމަކުން ގެންދަނީ ބުނަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ