ޕޮޗެޓީނޯގެ ފުރަތަމަ މެޗުން ޕީއެސްޖީ އެއްވަރު

ކުޅިވަރު ފަހުގެ

މައުރީސިއޯ ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ޕީއެސްޖީން ކުޅުނު ފުރަތަމަ މެޗުން ފްރެންޗް ލީގުގައި ސެއިންޓް އެޓިއެންއާ އެއްވަރުވެއްޖެއެވެ.

ތޯމަސް ޓުޗެލް ވަކިކޮށް ފްރެންޗް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމު ކަމަށްވާ ޕީއެސްޖީގެ ކޯޗުގެ މަގާމަށް ޕޮޗެޓީނޯ ހަމަޖައްސާފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. އޭގެ ހަތަރު ދުވަސް ފަހުން ޕޮޗެޓީނޯގެ އިރުޝާދުދިން ފުރަތަމަ މެޗުން ޕީއެސްޖީ އެއްވަރުވީ ސެއިންޓް އެޓިއެންއާ 1-1 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ބުދަ ދުވަހުގެރޭ ސެއިންޓް އެޓިއެންގެ ދަނޑުގައި ކުޅުނު މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް އެ ޓީމުންނެވެ. އެގޮތުން މެޗުގެ 19 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރޮމޭން ހަމޫމާއެވެ. އެކަމަކު އޭގެ ތިން މިނެޓު ފަހުން ޕީއެސްޖީން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ފޯވާޑް މޮއިސް ކީންއެވެ. އޭގެ ފަހުން މި މެޗުގައި ދެ ޓީމަށްވެސް ވަނީ ލީޑު ނަގަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި ނަތީޖާއާއެކު ޕީއެސްޖީ އޮތީ ތާވަލުގެ ދެވަނައިގައި 18 މެޗުން 36 ޕޮއިންޓާއެކުއެވެ. ތިންވަނައިގައި އޮތް ލިލްއަށްވެސް 18 މެޗުން 36 ޕޮއިންޓް ލިބިފައިވާއިރު، ޕީއެސްޖީއަށް ކުރި ލިބެނީ ފައިދާ ލަނޑުންނެވެ. އަދި ތާވަލުގެ އެއްވަނައިގައި 18 މެޗުން 39 ޕޮއިންޓާއެކު އޮތީ ލިޔޯނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ