ޚަރަދުކުޑަކުރަން ރަށްރަށުގައި އީދުލައިޓު ނުދިއްލަން ނިންމައިފި

ޚަބަރު ފަހުގެ

މެދިއިރުމަތީގެ ހަނގުރާމައާ ގުޅިގެން ޚަރަދު ކުޑަކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން މިފަހަރުގެ ފިތުރު އީދުގެ ދިއްލުންތައް ރަށްރަށުގައި ނުދިއްލަން ސަރުކާރުން ނިންމައިފި އެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ ކެބިނެޓުގެ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި އެ ކޮމިޓީގެ ޗެއާޕާސަން، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ އީދަށް ބޮކިފަތި ދިއްލުމާ ބެހޭ ގޮތުން ކެބިނެޓުން ނިންމާފައިވަނީ ރަށްރަށުގައި އީދަށް ބޮކި ނުދިއްލައި، މާލޭ ހިމެނޭހެން ހުރިހާ ސިޓީތަކެއްގެ ވަކި ސަރަހައްދުތަކެއްގައި ދިއްލުންތައް ދިއްލުމަށް ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ކުލަބޮކިތަކާއި ގިޑިގެތަކުން މާލެ އާއި ހުޅުމާލޭގެ އިތުރުން ވިލިމާލެ ދިއްލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރު ކަމުގައި ހުންނެވިއިރު 2023ވަނަ އަހަރުގެ ބޮޑު އީދާ ދިމާކޮށް ފެއްޓެވި މަސައްކަތެކެވެ.

އޭގެ ފަހުން މުޅި ރާއްޖޭގައި ކުލަ ގަދަކޮށް އީދުގެ އުފާފާޅުކުރަން ލައިޓްތަކުން ދިއްލަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ