2020 ވަނަ އަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން ހަނިމާދޫ ސްކޫލުން ފެށީ ހުރިހާ މާއްދާއަކަށް މުދައްރިސުން ހަމަޔަށް ތިބެގެން

ހަނިމާދޫ ޚަބަރު ފަހުގެ

މުޅި ދުނިޔެއަށް ދިމާވެފައިވާ އާލަމީ ބޮޑުވަބާގެ ސަބަބުން އެހެން އަހަރު ތަކާ ޚިލާފަށް މިއަހަރު ދިރާސީ އަހަރު ކިޔަވައިދިނުން މިވަނީ ތަފާތު ވެފައެވެ. އެހެން އަހަރު ތަކުގައި ޖެނުވަރީގައި ދިރާސީ އައު އަހަރެއް ފެށިކަމުގައި ވިޔަސް މިއަދު ފެށިގެން ގޮސްފައި ވަނީ 2020 ވަނަ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުމެވެ.

ކޮވިޑާއި ގުޅިގެން ރާއްޖޭގެ ދެތިން ސްކޫލެއްގައި ކިޔަވައިދޭން މިއަދު ނުފެށި ކަމުގައި ވީނަމަވެސް ގިނަ ސްކޫލް ތަކުގައި މިއަދު ކިޔަވައިދޭން މިވަނީ ފަށާފައިވެއެވެ. މި ގޮތުން 503 ދަރިވަރުންނާއިއެކު ހަނިމާދޫ ސްކޫލްގެ ކިޔެވުން ވެސްވަނީ މިއަދު ފަށާފައެވެ.

އިޝްތިހާރު
އިޝްތިހާރު

އެލްކޭޖީ ފެށިގެން ގުރޭޑް 10 ގެ ކުދިންނަށް މިއަދު ހަނިމާދޫ ސްކޫލްގެ ކިޔަވައިދޭން ވަނީ ފަށާފައެވެ. މީގެ އިތުރުން ހާއްސަ އަޅައިލުން ބޭނުންވާ ދަރިވަރުންވެސް ވަނީ މިއަދު ސްކޫލަށް ހާޒިރު ވެފައެވެ. ދަރިވަރުން ސްކޫލަށް ހާޒިރު ވެފައިވަނީ މާސްކު އަޅައިގެންނެވެ. ދަރިވަރުން ސްކޫލުގެ އެތެރެއަށް ވަނުމުގެ ކުރިން ހުންބެލި މޮނީޓާ ކުރެވެއެވެ.

ކިޔެވުން ފެށުމާއި ގުޅިގެން ގޮށްކޮޅަށް މައުލޫމާތު ހިއްސާކުރައްވަމުން ހަނިމާދޫ ސްކޫލް ޕުރިންސިޕަލް ޢަބްދުލް މުޙްސިން ޢަބުދުލް ލަތީފު ވިދާޅުވީ ކިޔަވައިދިނުމުގެ އެންމެހާ ކަންތައް ކުރިޔަށް ގެންދަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަން އަދި އެޗްޕީއޭ ގުޅިގެން ހަދާފައިވާ އުސޫލުތަކުގެ ދަށުން ކަމަށެވެ. ސްކޫލުން ދޭ އިރުޝާދު ތަކާއެކު ކުދިން ސްކޫލަށް ފޮނުވައިދޭނަމަ ސްކޫލް މާހައުލަކީ ބަލިން ރައްކާތެރި ތަނަކަށް ވާނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ.

އިތުރަށްވިދާޅުވީ މިހާ ދުވަސް ސްކޫލް މާހައުލާ ދުރުގައި ކުދިން ތިބުމުން މި ތިންދުވަހު ކިޔެވުން ކުރިޔަށްދާނީ ދަރިވަރުން ނަފުސާނީ ގޮތުން ތައްޔާރު ކުރުމުގެ ގޮތުން ދާ ސެޝަންތަކެއްގެ ގޮތުގައި ކަމަށެވެ.

ކިޔެވުން ފެށިއިރު ބެލެނިވެރިންނާއި ދަރިވަރުންގެ ގިނަފަހަރު ޝަކުވާއަކަށް ވެފައި އޮންނަނީ ކިޔަވައިދޭ މުދައްރިސުން ހަމައަށް ނުތިބޭކަމުގެ ޝަކުވާއެވެ މުދައްރިސުން ހަމަތޯ ސުވާލު ކޮއްލުމުން ޕުރިންސިޕަލް ވިދާޅުވީ ހަނިމާދޫ ސްކޫލް މިފަހަރު ކިޔަވާދެން މިފެށީ 60 މުދައްރިސުންނާއެކު ހުރިހާ މާއްދާއަކަށް މުދައްރިސުން ހަމައަށް ތިބެގެންކަމަށެވެ. އެއީ ދިވެހި 32 މުދައްރިސުންނާއި 20 ބިދޭސީ މުދަރިސުންނެވެ. 13 ރިލީފު މުދައްރިސުން ހަރަކާތްތެރި ވަމުން ދާނެއެވެ. އުފަލަކީ ހާއްސަ އަޅާލުމާ އެހީތެރިކަން ބޭނުންވާ ދަރިވަރުނަން ކިޔަވައިދޭން ޓުރޭނިންގ ލިބިފައިވާ ދެ މުރައްބީން ހަނިމާދޫ ސްކޫލުގައި ތިބިކަމެވެ.

ގޮށްކޮޅުގެ ފަރާތުން އެދެނީ ފެށިގެން މިދިޔަ ދެވަނަ ޓާމް ދަރިވަރުނަށް ފާގަތި އަމާން އިލްމީ ޓާމަކަށްވުމަށެވެ. އަދި މުރައްބީގެ ބުރަ ބޮޑު މަސްކަތުގައި ބަރަކާތްލައްވާ ކިޔަވައި ދިނުމުގެ ދަތިތަކުން މިންޖުުވެ ކިޔަވައި ދިނުން އަމާން ކަންމަތީ ނިންމާލުމުގެ ހެޔޮތައުފީގު މިންވަރު ކުރެއްވުމެވެ. އާމީން

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ