އޭޑީއެޗްޑީ ހުންނަ ކުދިންނަށް ދޭ ބޭހެއް މަނާ ލިސްޓުން އުނިކޮށްފި

ޚަބަރު ފަހުގެ

އޭޑީއެޗްޑީ ހުންނަ މީހުން ބޭނުންކުރާ މިތައިލްފެނިޓޭޑް މަނާ ލިސްޓުން އުނިކޮށް، ފަރުވާ އަށް ލިބޭނެ ގޮތް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން މިއަދު ހަމަޖައްސަވައިފި އެވެ.

އޭޑީއެޗްޑީ ހުންނަ ކުދިންނަށް ބޭނުންވާ އެންމެ އަސާސީ ބޭސް ކަމަށްވާ މެތައިލްފެނިޑޭޓް ބޭސް ރާއްޖޭގައި މަނާކޮށްފައި އޮތުމުން އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ފޮނުއްވި ސިޓީއާ ގުޅިގެން މަޖިލީހަށް ރައީސް އޮފީހުން ދިން ޖަވާބުގައި ވަނީ އެ މައްސަލައަށް ހައްލެއް ހޯދުމަށް ކެބިނެޓުން މުހިންމު ނިންމުމެއް ނިންމާފައިވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ރައީސް މުއިއްޒު ސޮއި ކުރައްވައި މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައިވަނީ އެ ކަންބޮޑުވުމާ ގުޅިގެން، ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުން ދީފައިވާ ލަފައާ މެދު ކެބިނެޓްގައި މަޝްވަރާ ކުރުމަށް ފަހު، ރާއްޖޭގައި މަނާކޮށްފައިވާ ބޭސްތަކުގެ ލިސްޓުން މެތައިލްފެނިޑޭޓް އުނިކުރަން މިދިޔަ މަހު ކެބިނެޓުން ނިންމާފައިވާ ކަމަށެވެ.

އެއާ އެއްގޮތަށް ވަނީ އޭޑީއެޗްޑީ ބޭސް މަނާ ލިސްޓުން އުނިކުރަން މަޖިލީހުން އިއްޔެ ފާސްކޮށްފަ އެވެ. އަދި އެ ބޭސް ލިބޭނެ ގޮތް ހަމަޖައްސައި ދެއްވުމަށް ރައީސްގެ ގަރާރަކުން މިއަދު ވަނީ ކަނޑައަޅުއްވައިފަ އެވެ.

މިތައިލްފެނިޑޭޓްއަކީ އޭޑީއެޗްޑީގެ ފަސްޓްލައިން ޓްރިޓްމެންޓެއްގެ ގޮތުގައި ބޭނުންކުރަން ސައިންޓިފިކަލީ ރަނގަޅު ބޭހެކެވެ. ނަމަވެސް، މަސްތުވާތަކެތީގެ ގާނޫނުގެ ޖަދުވަލު އެކެއްގައި އެ ބޭސް ހިމަނާފައިވަނީ ރާއްޖެއަށް އެތެރެކުރުން މަނާ ތަކެތީގެ ލިސްޓުގަ އެވެ. އަދި ދެވަނަ ޖަދުވަލުގައި ހިމަނާފައިވަނީ ބޭހުގެ ގޮތުގައި ބޭނުން ކުރެވޭ މަސްތުވާތަކެއްޗެވެ.

އެ ލިސްޓުން އެ ބޭސް އުނިކޮށްދޭން އެމްއެފްޑީއޭ އިން ވެސް މިދިޔަ އަހަރު މަޖިލީހުގައި އެދިފައިވެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ