މިލާނަށް އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް

ކުޅިވަރު ފަހުގެ

ޓޮރިނޯ ބަލިކޮށް އޭސީ މިލާނުން އިޓާލިއަން ލީގުގެ އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މި މެޗުން މިލާން މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗުގައި މިލާނުން ދެ ލަނޑުވެސް ޖަހާފައިވަނީ ފުރަތަމަ ހާފުގައެވެ. އެގޮތުން މެޗުގެ 25 ވަނަ މިނެޓުގައި ރަފައެލް ލެއާއޯގެ ލަނޑުން މިލާނުން ވަނީ ލީޑު ނަގާފައެވެ. އަދި މެޗުގެ 36 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މިލާނަށް ލީޑު ފުޅާކޮށްދިނީ ފްރޭންކް ކެސިއޭއެވެ. މިއީ އޭރިއާ ތެރެއިން މިލާނުގެ ބްރަހިމް ޑިއާޒަށް ޓޮރީނޯގެ އަންދްރެއާ ބެލޮއްޓީ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

މި މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް މިލާނުން ވަނީ އެ ޓީމުގެ އިތުބާރު ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް ކުޅެން އަރުވާފައެވެ. މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ނާޕޮލީ އަތުން މިލާން މޮޅުވި މެޗަށްފަހު އިބްރަހިމޮވިޗް ކުޅުނު ފުރަތަމަ މެޗެވެ. މި މެޗުގެ ފަހު ބައިގައި އިބްރަހިމޮވިޗް ކުޅުނުއިރު، ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން އުމުރުން 39 އަހަރުގެ އިބްރަހިމޮވިޗަށް ވަނީ މިލާނުން މީގެ ކުރިން ކުޅުނު 11 މެޗެއް ގެއްލިފައެވެ.

ލީގުގައި ހޮނިހިރު ދުވަހުގެރޭ ޓޮރިނޯ އަތުން ހޯދި މޮޅާއެކު މިލާން އެއްވަނައިގައި އޮތީ ކުޅުނު 17 މެޗުން ލިބުނު 40 ޕޮއިންޓާއެކުއެވެ. ތާވަލުގެ ދެވަނައިގައި އޮތް އިންޓައަށް 16 މެޗުން ލިބިފައިވަނީ 36 ޕޮއިންޓެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ