ފުވައްމުލަކު ސިޓީގައި ބީއެމްއެލްގެ ސެލްފް ސާރވިސް އޭޓީއެމް ސެންޓަރެއް ހުޅުވައިފިއެވެ. މިއީ ފުވައްމުލަކު ސިޓީގައި ހުޅުވި 4ވަނަ އޭޓީއެމްއެވެ.
ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމްގެ ޚިދުމަތަކީ ހުރިހާ ރަށެއްގެ ރައްޔިތުންވެސް އަބަދުވެސް ބޭނުންވާ ޚިދުމަތެކެވެ. މާލެއާއި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ގާއިމްކޮށްފައިވާ މި ސެލްފްސަރވިސް ބޭންކިން އޭޓީއެމް ޚިދުމަތް ބަލައިގެންފައިވާ މިންވަރު ހާމަކޮށްދެނީ މި ޚިދުމަތް ބޭނުންކުރަމުންދާ މިންވަރުންކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.
ފުވައްމުލަކު އެއަރޕޯޓު ސަރަހައްދުގައި ހުޅުވި މި އޭޓީއެމްއަކީ ފުވައްމުލަކުގައި ހުޅުވިގެން ދިޔަ މި އޭޓީއެމް ސެންޓަރަކީ އެރަށުގައި ހުޅުވިގެންދިޔަ 4ވަނަ އޭޓީއެމްއެވެ. އެންމެ ފަހުން ހުޅުވި އޭޓީއެމްއަކީ ގެން ދިޔަ ތަނެއެވެ. މިދިޔަ އަހަރުގެ ތެރޭގައި އެސިޓީގައި ބީއެމްއެލް ޑޮލަރު އޭޓީއެމްގެ ޚިދުމަތްވެސް ވަނީ ފަށާފައެވެ.
އަމިއްލަ ރަށުގައި ތިބެގެން ފައިސާގެ މުއާމަލާތްތައް ކުރުމަކީ އާބާދީ ކުދި ރައްރަށުގެ ރައްޔިތުން ވަރަށް ބޮޑަށް އެދިއެދި ތިބި ކަމެކެވެ. ނަމަވެސް މިއީ މީގެކުރިން އެ ފަރާތްތަކަށް ފެންނާނެކަމަށް ހީކުރި މަންޒަރެއްނޫނެވެ. ނަމަވެސް މި ސަރުކާރުން ވަނީ “މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް” މަޝްރޫއުގެ ނަމުގައި ރާއްޖޭގެ ހުރިހައި ރަށެއްގައި އޭޓީއެމް ގާއިމްކުރުމުގެ މަޝްރޫޢެއް ފައްޓަވާފައެވެ.
“މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް” މަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ އޭޓީއެމް ގާއިމުކޮށްފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އަދި އެންމެ 9 މަސް ދުވަސް ތެރޭގައި، ބޭންކުން ވަނީ ރާއްޖޭގެ 20 އަތޮޅުގެ 105 ރަށެއްގައި އޭޓީއެމް ގާއިމުކޮށް ނިންމާފައެވެ. މި މަޝްރޫޢުގެ ބޮޑުކަމާއެކުވެސް މަސައްކަތް ނިންމާލި އަވަސްމިނަކީ މިހާތަނަށް ރާއްޖެ ނުދެކޭފަދަ ކާމިޔާބީއެއްގެ ގޮތުގައި ބީއެމްއެލްއިން ސިފަކުރެއެވެ.
މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ އާބާދީގައި 2000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޑޮލަރު އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ. އޭގެ 3 މަސްދުވަސް ފަހުން ރާއްޖޭގެ 70 ރަށެއްގައި ޑޮލަރު އޭޓީއެމް ބަހައްޓާ ވަނީ ނިންމާފައެވެ.
މުޅި ރާއްޖެއަށް ބީއެމްއެލްގެ އޭޓީއެމް އާއި ބްރާންޗްގެ ވިއުގަ ފުޅާކުރުމަށް އެ ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން މިނިމުނު ހަފްތާތެރޭގައި ވަނީ އިތުރު 70 ރަށެއްގައި ޑޮލަރު އޭޓީއެމް، 20 ރަށެއްގައި ދިވެހި ރުފިޔާ އޭޓީއެމް އަދި 6 ރަށެއްގައި ބީއެމްއެލްގެ ބްރާންޗް ގާއިމްކޮށްފައެވެ.


