ސަފާރީއެއްގައި ޖިންސީ ގޯނާކުރި މައްސަލާގައި ދަޢުވާކޮށްފި

ޚަބަރު ފަހުގެ

ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުގައި މީހެއްގެ މައްޗަށް ދައުވާކޮށްފިއެވެ.

ޕްރޮސެކިއުޓަ ޖެނެރަލްގެ ފަަރާތުން މިމައްސަލާގައި ދަޢުވާ ކޮށްފައިވަނީ ލ.ގަމު ނޫރަންގޭ އަބްދުﷲ ޝާންގެ މައްޗަށެވެ. ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާ އާއެކު އޭނާގެމައްޗަށް 3 ދަޢުވާއެއް އުފުލާފައިވެއެވެ. ދެން ކޮށްފައިވަނީ ގައިގައި އަތްލުމުގެ ކުށުގެ ދައުވާ އާއި އަނިޔާއެއް ދީފާނެކަމުގެ ބިރު ދެއްކުމުގެ ދައުވާއެވެ.

އިޝްތިހާރު
އިޝްތިހާރު

މިމައްސާލާގައި ޝާންގެ އިތުރުން 2 މީހެއްގެމައްޗަށް ދަޢުވާކުރުމަށް މިދިޔަ މަހުގެ 15ވަނަ ދުވަހު ފުލުހުން ޕީޖީ އޮފީހަށް ފޮނުވިއެވެ. އެހެންނަމަވެސް ހެކި ނެތިގެން އަނެއް ދެމީހުންގެ މައްސަލަ ވަނީ އަނބުރާ ފޮނުވާލާފައެވެ.

ހުޅުމާލެ ކައިރީގައި އަޅާފައިއޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 27ވަނަ ދުވަހުގެ ފަތިހުކަމަށް ފުލުހުން ވިދާޅުވެއެވެ. މި މައްސަލައާ ގުޅިގެން ކުށުގެ ވެށިން 39 އަހަރުގެ ދިވެހި 2 ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަމަށާއި، ނަމަވެސް އެ 2 މީހުން ބަންދުގައި ބަހައްޓަން ޖެހޭ އެކަށީގެންވާ ސަބަބެއް ނެތުމުން ދޫކޮށްލާފައިވާކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލާގައި ހައްޔަރުކުރި މީހުން ދޫކޮށްލާފައިވަނީ މިފަދަ އެހެން މައްސަލަތަކުގައިވެސް ޢަމަލުކުރާގޮތަށް އެވަގުތަށް ލިބިފައިހުރި ހެކިތަކާއި ބެލިބެލުމުން އެމީހުން ދޫކޮށްލައިގެން މައްސަލައިގެ ތަހުގީގަށް އިތުރަށް ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ޤަބޫލުކުރެވިގެންކަމަށެވެ. މި މައްސަލައިގެ ތަޙްޤީޤަށް ހެކި ނަގާފައިވާކަމަށާ 11 މީހެއްގެ ބަޔާން ނަގާފައިވާކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރިކަމަށް ހުށައަޅާފައިވާ މައްސަލައިގައި އެއްވެސް ފަރާތެއްގެ ނުފޫޒެއް ފުލުހުންނަށް ކުރިމަތިވެފައިނުވާކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ