ވަރު އައިލެންޑް ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއްވެއްޖެ

ޚަބަރު ފަހުގެ

ވަރު އައިލެންޑް ރިސޯޓުގެ ވަޑާންގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެތަނާ ޖެހިގެން ހުރި ސްޓާފް ކުއަރޓާސްގައި ވެސް ރޯވެ ބޭނުން ނުކުރެވޭ ވަރަށް ގެއްލުން ލިބިައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

އެމްއެންޑިއެފުން ބުނީ ކ. އަތޮޅުގައި ހިންގާ ވަރު އައިލެންޑް ރިސޯޓުގެ ވަޑާންގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މަޢުލޫމާތު ހޯމަ ދުވަހުގެ މެންދަމުން 02:48 ހާއިރު ލިބުމާއެކު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރމަނުންގެ ޓީމަކާއެކު ފަޔަރ ލޯންޗު ވަނީ ވަރު އައިލެންޑް ރިސޯޓަށް ގޮސްފައިވާކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި ރޯވި އަލިފާން އެމްއެންޑީއެފް އެފްއާރުއެސްގެ ފަޔަރމަނުން ނިއްވާލައިފައި ވާކަމަށާއި މި އަލިފާންގަނޑު އެއްކޮށް ނިއްވާލާފައިވަނީ ފަޔަރމަނުން ކުރި މަސައްކަތުން ހޯމަ ދުވަހުގެ ފަތިހު 05:39 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑިއެފުން ބުނީ އެ ސަރަޙައްދުގައި އިތުރު ތިން ގުދަނެއް ހުރި އިރު މި އިން އެއްވެސް ތަނަކަށް ގެއްލުމެއް ލިބިފައެއް ނުވާކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައި ނުވާކަމަށެވެ.

މީގެ އިތުރުން އެމްއެންޑިއެފުން ބުނީ ވަރު އައިލެންޑް ރިސޯޓުގައި ހިނގި މި ހާދިސާގައި އަލިފާން ނިއްވުމުގެ މަސައްކަތުގައި ރީތިރަށް ރިސޯޓުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ