ގަލޮޅު ގެއެއްގައިވެސް އަލިފާނުގެ ހާދިސާއެއް

ޚަބަރު ފަހުގެ

ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، ގަލޮޅު ހަލަވެލި ގޯޅީގައި ހުންނަ ހުދުރުވާގޭގައި ރޯވި އަލިފާން މިހާރު އެއްކޮށް ނިއްވާލާފައިވާ ކަމަށެވެ.

ހަތަރު މީހުން ދިރިއުޅޭ އެ ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވި ނަމަވެސް އެއް ކޮޓަރި ބޭނުންނުކުރެވޭ ވަރަށް އަނދައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ. ފުލުހުން ބުނި ގޮތުގައި މިއަދު ހެނދުނު 8:45 އެހާކަންހާއިރު ހިނގި އެ ހާދިސާގައި ރޯވީ ކޮޓަރީގައި އޮތް ގޮދަނޑިއެއްގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މާފަންނުގައި ހުރި އިމާރާތެއްގައިވެސް އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސަލާމަތީ ބާރުތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ.

 

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ