ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުން އޭޓީއެމް މެދުވެރިކޮށް ނަގާ ފައިސާއަށް ފީއެއް ދެން ނުނަގާނެ

ޚަބަރު ފަހުގެ

ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުން އޭޓީއެމް މެދުވެރިކޮށް ނަގާ ފައިސާއަށް މީގެފަހުން ފީއެއް ނުނަގާނެކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބުނެފިއެވެ.

ބީއެމްއެލްއިން އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ ބީއެމްއެލްގެ އެ ނިންމުމުގެ ސަބަބުން، ބޭރުގައި ކިޔަވާ ދަރިވަރުންގެ ދިރިއުޅުމުގެ ހަރަދުތަކާއި، ތައުލީމީ ބޭނުންތަކަށް ކަނޑައަޅާފައިވާ 1،200 ޑޮލަރުގެ ލިމިޓް، އެއްވެސް އިތުރު ހަރަދަކާ ނުލައި ފުރިހަމަ ގޮތުގައި ބޭނުން ކުރެވޭނެ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިއީ ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށާއި، އެ ދަރިވަރުންގެ އާއިލާތަކަށް ލިބިގެންދާނެ ލުޔެއްކަމަށް ބީއެމްއެލުން ބުންޏެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ