ހަނިމާދޫ ކުޅުނު ތިންވަނަ މެޗުންވެސް މޮޅުވެއްޖެ

ހަނިމާދޫ ކުޅިވަރު ފަހުގެ

މަންތާ އެއާ މުރައިދޫ ވެޓަރަންސް އިންވިޓޭޝަނަލް ވޮލީބޯޅަ މުބާރާތުގައި ހަނިމާދޫ އާއި ވަށަފަރާ ބައްދަލުކުރިމެޗް ހަނިމާދޫ ކާމިޔާބުކޮށްފިއެވެ.

މިމެޗް ހަނިމާދޫން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއިންނެވެ. ފުތަމަ ސެޓް ވާދަވެރި ކުޅުމަކަށްފަހު ގެންދިޔައީ ވަށަފަރުންނެވެ. އެއީ 25-23 ންނެވެ. އެއަށް ފަހު ހަނިމާދޫ ކުޅުން ވަރުގަދަ ކޮށް ފަސޭހަ ކަމާއިއެކު ވަނީ ތިންސެޓް ނަގާފައެވެ. އެއީ 25-18، 25-17، 25-18 އިންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިމެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހަނިމާދޫ ޓީމްގެ ޝުއައިބު އަހުމަދު ލަތީފެވެ.

މުބާރާތުގައި ދެން ހަނިމާދޫ ނިކުންނާނީ މުރައިދޫއާއި ދެކޮޅަށެވެ. މިމެޗު ކުޅެނީ 12 ވަނަދުވަހު 16:15 ގައެވެ.

މި މުބާރާތުގެ ޗެމްޕިއަންޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށް ހަމަޖެހިފައިވާއިރު، ރަނަރަޕް ޓީމަށް ކަނޑައަޅާފައިވަނީ 5000 ރުފިޔާގެ ފައިސާގެ އިނާމެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ