މުރައިދޫގައި މިހާރު ކުރިއަށްދާ މަންތާ އެއާ މުރައިދޫ ވެޓަރަންސް އިންވިޓޭޝަނަލް ވޮލީބޯޅަ މުބާރާތުގެ ސެމީފައިނަލުގެ ޖާގަ، ހަނިމާދޫ ހޯދައިފިއެވެ.
މުބާރާތުގެ ސެމީގެ ޖާގަ ހަނިމާދޫ ކަށަވަރުކުރީ ނޮޅިވަރަމާ ދެކޮޅަށް ކުޅުނުމެޗް 3-1 ގެ ނަތީޖާއިން ކާމިޔާބުކޮށްގެންނެވެ.
މިމެޗްގެ ފުރަތަމަ ސެޓް 25-22 ހަނިމާދޫ ގެންގޮސްފައިވަނިކޮށް ދެވަނަ ސެޓް ނޮޅިވަރަމުން ވަނީ 23-25 ހުގެ ނަތީޖާއިން ގެންގޮސްފައެވެ. މެޗްގެ ފަހު ދެސެޓް ހަނިމާދޫއިން ގެންގޮސްފައިވަނީ 25-15 އަދި ފަހުސެޓް 25-22 ހުންނެވެ.
މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައިވަނީ ޝުއައިބް އަބްދުލްލަތީފެވެ.


