ދެއްވަދޫން އިތުރު 11 މީހުން ފައްސިވެ، ޖުމްލަ އަދަދު 55 އަށް އަރައިފި

ޚަބަރު ފަހުގެ

ގއ.ދެއްވަދޫން އިތުރު 11 މީހަކު ކޮވިޑް-19 އަށް ފައްސިވެ، އެރަށުން ފައްސިވި މީހުންގެ ޖުމްލަ އަދަދު 55 އަށް އަރައިފިއެވެ.

ދެއްވަދޫ ކައުންސިލުން ވިދާޅުވީ އެރަށުން އިތުރު 11 މީހަކު ފައްސިވެފައިވާކަން ރޭ އެޗްޕީއޭ އިން އަންގާފައިވާ ކަމަށެވެ. މީގެތެރެއިން ނުވަ މީހުންނަކީ ދެއްވަދޫގައި މިހާރު އުފެދިފައިވާ ކޮވިޑް-19 ކްލަސްޓާއާއި ގުޅިފައިވާ މީހުންނެވެ. ބާކީ ތިބި ދެމީހުންނަކީ ހޯމް ކަރަންޓީން ފުރިހަމަކޮށް ޓެސްޓް ހެދުމުން ފައްސިވި ދެމީހުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ދެއްވަދޫގައި ކޮވިޑް-19 ފެތުރެން ފެށި ގޮތެއް ނޭންގެއެވެ. އެޗްޕީއޭ އިން ލަފާކުރާ ގޮތުގައި އެރަށުގައި ކޮވިޑް-19 ފެތުރެމުން އަންނަތާ މިހާރު ދުވަސްތަކެއް ވެދާނެއެވެ.

ދެއްވަދޫ ކްލަސްޓާ އާއި ގުޅިފައިވާ މީހުން އެހެން ރަށްރަށުން ވެސް އަންނަނީ ކޮވިޑް-19 އަށް ފައްސިވަމުންނެވެ. އެގޮތުން ގއ.ވިލިނގިލިން ވަނީ ދެވަނަ ދަރިވަރަކު ކޮވިޑް-19 އަށް ފައްސިވެފައެވެ. ދާންދޫން ފައްސިވި މީހުންނާއި ޑައިރެކްޓް ކޮންޓެކްޓުވި މީހަކު ހުޅުމާލޭގައި ހުރުމުން އޭނާގެ ސުންކު ނަގައި ޓެސްޓުކުރިއިރު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ