އެމެރިކާގައި ތެޔޮ އުފައްދާ ސަރަހައްދަށް ބާރުގަދަ ތޫފާނެއް އަރާތީ މަސައްކަތް ހުއްޓި، އަގުތަކަށް ލޮޅުންއަރައިފި

ޚަބަރު ފަހުގެ ދުނިޔެ

އެމެރިކާގައި ތެލުގެ އުފެއްދުންތައް އުފައްދާ ސަރަހައްދަށް ބާރުގަދަ ތޫފާނެއް އަރާނޭކަމަށް ލަފާ ކުރެވުމާއެކު، އެމެރިކާގައި ތެޔޮ އުފައްދާ މިންވަރު ވަރަށް ބޮޑަށް ދަށްކޮށްލައިފިއެވެ. ތެލުގެ ބާވަތްތައް އުފައްދާ މިންވަރު ދަށްކޮށްލީ ތޫފާނުގެ ނުރައްކަލާހެދި ކަނޑުގެ ސަރަހައްދުގައި ތެލުގެ މަސައްކަތްކުރާ ބައެއް ތަންތަން ބަންދުކުރުމާ ގުޅިގެންނެވެ.

“އީސާއިއާސް” ގެ ނަމުން ނަން ދީފައިވާ ތޫފާން އެމެރިކާގެ ގަލްފް އޮފް މެކްސިކޯއަށް އަރާނޭ ކަމަށް ލަފާކޮށްފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ. މި ތޫފާނާއެކު ގަދަފަދަ ވަޔާއި ބޯ ވާރެއާއެކު އެތައް ހިސާބެއްގައި ފެންބޮޑުވާނޭ ކަމަށް މޫސުމާބެހޭ އިދާރާތަކުން ލަފާކޮށްފައި ވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ކަނޑުގެ ސަރަހައްދުގައި ހުރި ތެޔޮ އުފައްދާ ތަންތަނަށް ވަރަށް ބޮޑަށް އަސަރުކުރާނެތީ، ގަލްފް އޮފް މެކްސިކޯ ސަރަހައްދުން އެކަނިވެސް ދުވާލެއްގެ މައްޗަށް އުފައްދާ މިންވަރުން 25 އިންސައްތަ ތެޔޮ އުފެއްދުން ހުއްޓުމަކަށް ގެނެސްފައި ވެއެވެ. ގުދުރަތީ ގޭސް ދުވާލަކު އުފައްދާ މިންވަރުން 16 އިންސައްތަ އުފެއްދުން ހުއްޓުމަކަށް ގެނެސްފައި ވެއެވެ.

މީގެއިތުރުން، އެމެރިކާގެ ގަލްފް ކޯސްޓް ސަރަހައްދުން އުފައްދައި ބާޒާރަށް ނެރޭ މިންވަރުން އެތައް އިންސައްތައެއް އުފެއްދުން ތޫފާނާހެދި މެދުކަނޑާލާފައި ވެއެވެ.

އެ ހިސާބަށް އަރަންއުޅޭ ތޫފާނުގެ ބާރުގަދަން އެނގޭތީ، ކަނޑުމަތީގައި ހުރި ތެޔޮ އުފައްދާ ތަންތަނުގައި މަސައްކަތް ކުރާ މުވައްޒަރުންވެސް މިހާރުވަނީ ރައްކަތެރި ހިސާބުތަކަށް ގެންގޮސްފައެވެ.

ތޫފާނުގެ އިންޒާރާއެކު އެމެރިކާއިން ތެޔޮ އުފައްދާ މިންވަރު ދަށްކޮށްލުމުން ދުނިޔޭގެ ތެލުގެ ބާޒާރަށްވެސް އޭގެ ލޮޅުންތައް އަރައިގެން ގޮސްފައި ވެއެވެ.

އިހަށްދުވަހާއި، އިއްޔެވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތަކަށް ބަދަލު އައިސްފައިވާއިރު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުން މިއަދުވަނީ ފަހެއް އިންސައްތަ މައްޗަށް ގޮސްފައެވެ.

ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު މިއަދު 104.75 ޑޮލަރަށް މައްޗަށް ގޮސްފައިވާއިރު، އެމެރިކާގެ ޑަބްލިޔުޓީއައި ސާފުނުކުރާ ފީފާއެއްގެ އަގުވަނީ 92.28 ޑޮލަރަށް މައްޗަށް ގޮސްފައެވެ. މިއީ، މި ހަފްތާ ތެރޭގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.

ތެލުގެ އަގުތައް މައްޗަށްދާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ތޫފާނާހެދި އެމެރިކާއިން ތެޔޮ އުފައްދާ މިންވަރު ދަށްކުރުމާއި، ހޮރްމޫޒު ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ދޭ ހަމަލާތައް އިތުރުވެ، ހޮރްމޫޒު ހުއްޓުމަކަށް އައުމުގެ ސަބަބުން ގަލްފްގެ ގައުމުތަކަށް ތެޔޮ ބޭރު ނުކުރެވުމާއި، ޔަމަނުގެ ހޫޘީން ސައުދީގެ ތެލުގެ ސިނާއަތުގެ ތަންތަނަށް ހަމަލާދިނުމުގެ ސަބަބުން ސައުދީއަށް ތެޔޮ ބޭރު ނުކުރެވުންވެސް ހިމެނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ