އއ.ބޮޑުފޮޅުދޫ އާރުބީޖީ ސްޕޯރޓްސް ކުލަބުގެ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވައިފި

ކުޅިވަރު ފަހުގެ

އއ.ބޮޑުފޮޅުދޫ ރެވޮލިއުޝަނަރީ ބޮޑުފޮޅުދޫ ޖެނަރޭސަން ސްޕޯރޓްސް ކުލަބުގެ އަހަރީ އާންމުޖަލްސާ 16 ޖެނުއަރީ 2021 ވަނަ ދުވަހުގެ ރޭ 21:00 ގައި ބޮޑުފޮޅުދޫ ބަނދަރު ސްޓޭޖް ސަރަހައްދުގައި ކުރިއަށް ގެންގޮސްފިއެވެ.

މިޖަލްސާގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެފައިވަނީ ބޮޑުފޮޅުދޫކައުންސިލްގެ ރައީސް ޝުޖާއު އާދަމް އެވެ. ޤްރުއާންގެ ބަރަކާތުން މިޖަލްސާ ފައްޓަވާދެއްވީ އއ.ބޮޑުފޮޅުދޫ ސްކޫލްގެ ދަރިވަރު މާހިލް މުސްތަފާއެވެ.

އިޝްތިހާރު
އިޝްތިހާރު

މިޖަލްސާގައި 2020 ވަނަ އަހަރު އާރުބީޖީ ސްޕޯރޓްސް ކުލަބު ހިނގާ ދިޔަގޮތުގެ ވީޑިޔޯ ޕްރެޒެންޓޭޝަނެއް އަހަރީ ރިޕޯރޓްގެ ގޮތުގައި ވަނީ ގެނެސްދީފައެވެ،2020 ވަނަ އަހަރު އއ.ބޮޑުފޮޅުދޫގައި ގިނަ ހަރަކާތްތަކެށް ހިންގާފައިވާ މިކުލަބުގެ ހަރަކާތްތަށް ރާއްޖޭގެ އެކިއެކި އަތޮޅުތަކުގައި ވެސް ކުރިއަށްގެންގޮސްފައިވެއެވެ. މީ ކުޅިވަރަށް ހާއްސަ ކުލަބަކަށްވީނަމަވެސް ކުޅިވަރުގެ އިތުރުން އިޖްތިމާއި،ގިނަ ހަރަކާތްތަކެށް ހިންގާފައިވާކަން އަހަރީ ރިޕޯރޓްން އެގިގެންގޮސްފައިވެއެވެ.

މިޖަލްސާގައި އާރުބީޖީ ސްޕޯރޓްސް ކުލަބަށް އެކިއެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކުގެ އަގު ވަޒަންކޮށް އެކުލަބުންވަނީ 60 އަށް ވުރެ ގިނަފަރާތަކަށް ހަނދާނީ ފިލާ ހަވާލުކޮށްފައެވެ. އެގޮތުން ރަށުގެ މުއަށްސަސާތަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ އާރުބީޖީ ސްޕޯރޓްސް ކުލަބުގެ ރައީސް އިބްރާހިމް ނަސީމް އެވެ. އާރުބީޖީސްޕޯރޓްސް ކުލަބަށް އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވި ފަރާތްތަކަކީ ޖަލްސާގެ ޝަރަފްވެރި މެހެމާން އއ.ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް ޝުޖާއު އާދަމް އާއި އާރުބީޖީ ސްޕޯރޓްސް ކުލަބުގެ ނައިބްރައީށްގެ އިތުރުން އެކުލަބުގެ އަންހެން މެމްބަރ އިރުޝާދާ ހާލިދުއެވެ.

މި ޖަލުސާގައި އާރުބީޖީ ސްޕޯރޓްސް ކުލަބުގެ ފުޓްސަލްޓީމަށް ހާއްސަ ލަވައެއް އިފްތިތާހްކޮށްފައިވެއެވެ. މިލަވަ އިފްތިތާފް ކޮށްދެއްވީ އެކުލަބުގެ ފުޓްސަލް ޓީމްގެ ކުޅުންތެރިޔާ އަދި ކެޕްޓަން މޯލްޑިވްސް ގެ އެމްބެސަޑަރ މުހައްމަދު ޝިރުހާން އެވެ. އެއަށް ފަހު ޖަލްސާގައި ސަޕްރައިސް އިވެންޓެއްގެ ގޮތުގައި އާރުބީޖީ ބެސްޓް އެވޯރޑްގެ ނަމުގައި 2020 ވަނަ އަހަރުގެ އެކުލަބުގެ ފުޓްސަލް ޓީމްގެ އެންމެ މޮޅުކުޅުންތެރިޔާ ހޮވައި އެވޯޑް ދީފައިވެއެވެ.

އާރުބީޖީ ބެސްޓް އެވޯރޑް ހޮވުމަށް ބަލަފައިވާ މިންގަނޑުތަކަކީ 2020 ވަނަ އަހަރު ކުލަބުގެ ޓީމްގެ ކުޅުންތެރިންގެ އެހައި ގިނަ މުބާރާތްތަކެށް ކުޅެފައި ނުވުމާއި އެކު 2019 ވަނަ އަހަރުގެ މުބާރާތްތަކަށްވެސް ބަލައިގެންކަމަށެވެ.އަދި ކުޅުންތެރިން ހޮވުމުގައި 2019 އަދި 2020 ވަނަ އަހަރު ކުޅެފައިވާ މުބާރާތްތަކާއި ހޯދާފައިވާ އެޗީވްމަންޓްއަށް ބަލަފައިވާނެކަމަށް ކުލަބުން މައުލޫމާތު ދީފައިވެއެވެ.

މިޖަލްސާގައި އާރުބީޖީ ސްޕޯރޓްސް ކުލަބުގެ ރައީސް އިބްރާހިމް ނަސީމް ވާހަކަ ދައްކަމުން ވިދާޅުވީ މިކުލަބަކީ ރިޒޯޓްދައުރުގައި އެކުގައި އުޅުނު އެކުވެރިންތަކެށް އުފެއްދި ގްރޫޕްއެއްކަމަށާއި، އޭރުވެސް ރަށުގެ ވަކިވަކި ފަރުދުންނަށާއި މުއަށްސަސާތަކަށާއި، އެހީތެރިކަމަށްބޭނުންވެފައި ތިބި ކިތަންމެ ބަޔަކަށް އެކުދިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި އެ ދުވަހު ކުރި މަސައްކަތުގެ ތެރެއިން ކުޅިވަރު ކުލަބެއްގެ ގޮތުގައި މިންސްޓްރީއޮފް ޔޫތްގައި ރަޖިސްޓްރީކޮށްފައިވަނީ 2019 ޑިސެމްބަރ 25 ވަނަ ދުވަހުއެވެ.

ކުލަބުގެ ރައީސް ވާހަކަ ދައްކަމުން އިތުރަށް ވިދާޅުވީ މިކުލަބަކީ މިވަގުތު އއ.ބޮޑުފޮޅުދޫގައި އޮތް އެންމެ ހަރަކާތްތެރި ކުލަބުކަމަށާއި އަދި އއ. އަތޮޅުގައިވެސް މިކުލަބު ނުދަންނަ ބަޔަކު ނުތިބޭނެކަމަށެވެ. އަދި މިކުލަބުގެ ކާމިޔާބީ ގުޅިފައިވަނީ ކުލަބުގެ ހިންގާކޮމިޓީގެ އިތުރުން އާންމު މެމްބަރުން ކުރާ ބުރަމަސައްކަތުގެ މައްޗަށެވެ. މި ކުލަބުގެ އަންހެން މެމްބަރުން ނަކީ މިކުލަބަށް ލިބިފައި ތިބި ޖަވާހިރުންތަކެށް ކަމަށާއި އެވެރިން ކުލަބު ކުރިއެރުވުމަށް ލޯތްބާއި އެކު ވަރުބަލިކަމެއް ނެތި ކުރަށްވަމުންގެނަދަވާ މަސައްކަތަށް ހިންގާކޮމިޓީގެ ނަމުގައި ޝުކުރު އަދާކުރާކަމަށެވެ.

2021 ވަނަ އަހަރު މިކުލަބުން އެންމެ ފުރަތަމަ ފަށާނެ މަސައްކަތަކީ ބޭންކްއޮފްމޯލްޑިވޮސްގެ ކޮމިއުނިޓީ ފަންޑްއަށް ޕޮރޮޕޯސަލް ފޮނުވައިގެން ކާމިޔާބު ވެފައިވާ ޒަމާނީ މަސްކަނޑާއަށީގެ މަސައްކަތްކަމަށް ރައީސް ވަނީ އިއުލާން ކުރައްވާފައައެވެ. އަދި މިމަސައްކަތަކީ މަސްވެރިންނަށާއި ރަށަށް ކުރިއެރުން ލިބި އެތަށް ފަސޭހަތަކެއް ލިބިގެންދާނެ ޕްރޮޖެކްޓެއް ކަމަށާއި މިމަސައްކަތުގައި ވީހާވެސް ގިނަބޭފުޅުންގެ އެހީތެރިކަން ބޭނުންވާނެކަށެވެ. ރައީސް ގެވާހަކަ ނިންމާލީ 2021 ވަނަ އަހަރަކީ ކުލބުގެ މެމްބަރުންގެ މޫނަށް ހިނިތުނވުން ގެނުވާނެ އަހަރެއްކަމުގައި ހަދާނެކަމުގެ ޔަގީންކަން ދެމުން ކުލަބުގެ 2021 ވަނަ އަހަރުގެ އަމާޒްއަކީ އއ.ބޮޑުފޮޅުދޫ ކައުންސިލްއިން އިއުލާން ކޮށްފައިވާ އެންމެ ހިންގުންތެރި ކުލަބުގެ އެވޯރޑް ހާސިލްކުރުންކަމަ ވިދަޅުވަމުނެވެ.

މިޖަލްސާގެ ޝަރަފްވެރިމެހެމާން ބޮޑުފޮޅުދޫ ކައުންސލްގެ ރައީސް ޝުޖާއު އާދަމް ވާހަކަ ދައްވަމުން ވިދާޅުވީ ދަރުމަވެރިންގެ އެހީތެރިކަމާއި އެކުގަ އާރުބީޖީ ސްޕޯރޓްސް ކުލަބުން ވަރަށް ގިނަގުނަ ހިދުމަތްތަކެށް 2020 ވަނަ އަހަރު ނިމިގެންދިޔައިރު ހަގީގަތުގަވެސް ބޮޑުފޮޅުދޫގައި ހިންގާފައި ވާކަމަށާއި،ސްޕޯރޓްސްކުލަބަކަށް އޮވެމެ އިޖްތިމާއީ އެތަށްގިނަގުނަ ހަރަކާތްތަކެށްހިންގާފި ކަމަށާއި އޭގެ އިތުރުން 2020 ވަނަ އަހަރުއަޅުގަނޑުމެންނާ ބައްދަލުކުރީ ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް19ގެ ނުރައްކާތެރި ވަބާއާއި ކުރިމަތިލާން ޖެހުނު ކަމަށާއިއެ ކޮވިޑް އައުމުގެ ކުރިން އަޅުގަނޑުމެންގެ ރަށްތަކުގެ ރަށްޔިތުންނަށް ދެ ބަލިމަޑުކަމެއް ޖެހުނު ކަމަށް ގަބޫލްކުރައްވާކަމަށާއި ،އެއްކަމަކީ އިގްތިސޯދީގޮތުން ބަލިމަޑުކަމާއި ކުރިމަތިލާން ޖެހުނުކަމަށާއި، ދެވަނަ ކަމަކަށް ނަފްސާނީ ބަލިމަޑުކަމާ ކުރިމަތިލާން ޖެހުނުކަމުގައެވެ. އެހެންނަމަވެސް މިކަންކަމުން އަރާގަތުމަށް ޓަކައި ބޮޑުފޮޅުދޫގެ ކުލަބުތަކުން ވަރަށް އިސް ރޯލެއް އަދާކުރެއްވިކަމަށާއި އެކަމަށްޓަކައި ހުރިހާ ކުލަބު ޖަމިއްޔާތަކަށް ޝުކުރުއަދާކުރައްވާ ކަމަށާއި އަދި ހާއްސަގޮތެއްގައި އާރުބީޖީސްޕޯރޓްސް ކުލަބުން މިދިޔަ ދުވަސްތަކުގައި ކޮށްދެއްވި މަސައްކަތްތަކަށް ކައުންސިލްގެ ނަމުގައި ވަރަށް ހާއްސަ ސުކުރެއްދަންނަވާ ކަމަށެވެ.

އިތުރަށް ވަހަކަ ކުރިޔަށް ގެދަވަމުން ރައީސް ވިދާޅުވީ އާރުބީޖީއިން އިއުލާންކުރިގޮތަށް ކައުންސިލް އިން މިއަހަރު ދިނުމަށް ނިންމާފައިވާ އެންމެ ހިންގުންތެރި ކުލަބުގެ އެވޯރޑް ހާސިލްކުރަން ހުރިހާކުލަބަކުންވެސް މަސައްކަތް ކުރާނެކަމަށް އުންމީދު ކުރާކަމަށާއި އެކަން ކުރުމަށްޓަކައި ގާނޫނާއި ގަވާއިދު ތަކުގެ ތެރެއިން ކުލަބުތަކަށް ލާޒިމްކޮށްފައިވާ ކަންކަން ފުރިހަމަ ކުރުން މުހިންމު ކަމަށެވެ. އަދި ކައުންސިލް އިން އިއުލާންކޮށްފައިވާ އެންމެ ހިންގުންތެރި ކުލަބު ގެ އެވޯރޑް ދިނުމަށް މިއަހަރު ޖެނުއަރީން ފެށިގެން ކުލަބުތަކުން ހިންގާ ހަރަކާތްތަށް މޮނިޓަރ ކުރެވެމުން ދާނެކަމަށެވެ. އަދި އެންމެ ހިންގުންތެރި ކުލަބަކަށް ކައުންސިލް އިން 10000 ރުފިޔާ ދޭގޮތަށް ކަނޑައަޅާފައިވާނެ ކަމަށާއި އެފައިސާ ހަރަދު ކުރެވޭނެ ގޮތްތަށްވެސް އުސޫލްގައިވާނެކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ސުޖާއު އާދަމް ވިދާޅުވީ 2020 ވަނަ އަހަރު އެބޭފުޅާ އަށް ފެނުނު މަންޒަރުތަކާއި ހަރަކާތްކަށް ބަލާއިރު އެއްވަނަ ކުލަބަކީ ހަމަ އާރުބީޖީ ސްޕޯރޓްސް ކުލަބުކަމަށެވެ. އެހެންނަމަވެސް އެބޭފުޅާ ގަބޫލްކުރާހިތްއޮތީ 2021 އާއި ކުރިމަތިލައިގެން މިދާދިއުމުގައި އާރުބީޖީ އާއި އެއްހަމަގައި ދެން ހުރި ކުލަބުތަކުންވެސް ވާދަވެރިކަމާއިއެކު މި މުޖުތަމައުއަށް ހިދުމަތްކުރަން އަތުކުރި އޮޅާލާނެކަމަށެވެ. އަދި އާރުބީޖީ ސްޕޯރޓްސް ކުލަބުން ކާމިޔާބުކޮށްފައިވާ މަސްކަނޑާ ޒަމާނީ އަށި ހެދުމަށް އެހީތެރިކަމަށް އެދިފައިވާތީ ކައުންސިލް އިން ކުރިއަށް އޮތްތާންގައި އެޕްރޮޖެކްޓަށް 25،000 ރުފިޔާ ފޯރުކޮށްދޭނެކަމަށެވެ.


ފޮޓޯކުރެޑިޓް: ޔަޒްދާން އަލީ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ