ޑޯޓްމުންޑް ބަލިކޮށް ލެވަކޫސެން ދެވަނައަށް

ކުޅިވަރު ފަހުގެ

ޖަރުމަން ލީގުގައި އަންގާރަ ދުވަހުގެރޭ ބޮރޫޝިއާ ޑޯޓްމުންޑް ބަލިކޮށް ތާވަލުގެ ދެވަނައަށް ބަޔާ ލެވަކޫސެން ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ލެވަކޫސެން މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް ލެވަކޫސެނުންނެވެ. އެގޮތުން މެޗުގެ 14 ވަނަ މިނެޓުގައި މޫސާ ޑިއާބީ ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ. އެކަމަކު މެޗުގެ 67 ވަނަ މިނެޓުގައި ޖޫލިއަން ބްރަންޓް ވަނީ ޑޯޓްމުންޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި މެޗުގައި ޑޯޓްމުންޑުން ނަތީޖާ އެއްވަރުކުރި ނަމަވެސް، އެ ޓީމަށް މުޅި މެޗުގައިވެސް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެގޮތުން ގޯލާ އަމާޒުކޮށް ޑޯޓްމުންޑުން ތިން ހަމަލާއެއް އުފެއްދިއިރު، ލެވަކޫސެނުން ވަނީ ގޯލާ އަމާޒުކޮށް 13 ހަމަލާ އުފައްދާފައެވެ. އެއާއެކު މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށް ލެވަކޫސެނުން ވަނީ މެޗުގައި އަލުން ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފްލޯރިއަން ވާޓްޒްއެވެ.

މި މޮޅާއެކު ލެވަކޫސެން ތާވަލުގެ ދެވަނައަށް ޖެހިލީ ކުޅުނު 17 މެޗުން ލިބުނު 32 ޕޮއިންޓާއެކުއެވެ. އަދި ތާވަލުގެ ތިންވަނައަށް ވެއްޓުނު އާރްބީ ލެއިޕްޒީގަށްވެސް 32 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމު ކުޅެފައިވަނީ 16 މެޗެވެ. އަދި އަންގާރަ ދުވަހުގެރޭ ލެވަކޫސެން އަތުން ބަލިވި ޑޯޓްމުންޑް އޮތީ ތާވަލުގެ ހަތަރުވަނައިގައި 17 މެޗުން 29 ޕޮއިންޓާއެކުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ