ދެއްވަދޫ ކްލަސްޓާ: ޕޮޒިޓިވްވި މީހުންގެ އަދަދު 78 އަށް

ޚަބަރު ފަހުގެ

ގއ. ދެއްވަދޫން އިން ޕޮޒިޓިވް ކޭސްތަކެއް ފެނިގެން އުފެދިފައިވާ ކްލަސްޓާއިން މިހާތަނަށް 78 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

އެޗްއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ ދެއްވަދޫ ކްލަސްޓާއިން އިއްޔެ ޖުމްލަ 5 މީހުން ޕޮޒިޓިވްވެފައިވާ ކަމަށާއި މިއާއެކު ޖުމަލް 78 މީހަކު މި ކްލަސްޓާއިން ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އޭގެ ތެރެއިން 71 މީހުންނަކީ ދެއްވަދޫއިން ޕޮޒިޓިވްވި މީހުން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ މި ކްލަސްޓާއިން މިހާތަނަށް 476 ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށާއި 1413 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ.

ގއ. ދެއްވަދޫގައި ކޮވިޑް ފެތުރެން ދިމާވި ސަބަބު ދެނެގަތުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ދަނީ މަސައްކަތް ކުރަމުންނެވެ.

މި ކޭސްތައް ފެނިފައި ވަނީ މިދިޔަ ޑިސެންބަރު ގައި އެ ރަށުގައި ފުރަބަންދުގައި ހުރި މީހަކަށް މައުލޫމާތު ނުބައިކޮށް ދެވި އޭނާ ކަރަންޓިނުން ދޫކޮށްލެވުމަށް ފަހު ނަތީޖާ ޕޮޒިޓިވްވި ކަން އެނގުމުން ކަމަށް ކުރިން އެޗްޕީއޭއިން ބުނެފައި ވެއެވެ. އަދި ޕޮޒިޓިވްކަން ބަލި މީހާއަށް އެނގުނު އިރު އޭނާ ވަނީ ގެއިން ބޭރަށް ނުކުމެ މީހުންނާ ކޮންޓެކްޓް ވެފައި ކަމަށް ވެސް އެޗްޕީއޭއިން ބުނެފައި ވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ