ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ބިދޭސީއަކު ހޯދަން އިއުލާން ކޮށްފި

ޚަބަރު ފަހުގެ

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ބަންގްލަދޭޝް މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ސައުތު ޕޮލިސް ޑިވިޜަންގެ ހިތަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެއިދާރާއިން އިތުރަށް ބުނެފައިވަނީ، މިމީހާ ފުލުހަށް ހާޒިކުރަނީ، 18 އަހަރު ނުފުރޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައިގެ ތަހުގީގަށްކަމަށެވެ.

ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: އެމް ޑީ އިދްރިޝް، ބަނގުލަދޭޝް (34އ)

ޕާސްޕޯޓް ނަންބަރު: ޝ1497280

ފުލުހުން ވިދާޅުވީ، އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރި ޕޮލިސް ސްޓޭޝަނަކަށް، 2021 ޖަނަވަރީ 31 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް އެމީހާ ހާޒިރުވުމަށް އަންގާކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ