ހަނިމާދޫ ރައްޔިތުންނަށް އުފާވެރި ޚަބަރެއް

ހަނިމާދޫ ޚަބަރު ފަހުގެ

ކޮވިޑް 19 ގެ ސަބަބުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެ، ފެރީ ދަތުރުތަށް މެދު ކެޑިފައިވާ މިދަނޑިވަޅުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްއިން އައުޓްރީޗް ދަތުރުތައް ފަށަންނިމައިފިއެވެ. ހދ. ހުރިހާ ރަށެއް ހިމެނޭހެން މިދަތުރު ކުރުމަށް ހަމަޖެހިފައިވާއިރު މި ދަތުރުތައް ފަށާނީ މިމަހުގެ 13 ވަނަ ދުވަހުއެވެ. ދަތުރު ތަކުގައި އަންހެނުންގެ ޙާއްސަ ޑޮކްޓަރުންގެ އިތުރު އެރަށަކުން ރިކުވެސްޓްކުރާ ސްޕެޝަލިސްޓުންވެސް ހިމަނާގޮތަށްވަނީ ހަމަޖެހިފައެވެ.

ހަނިމާދޫއަށް މިދަތުރު އައުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. މިތަދުރުގައި އަންހެނުންގެ ޙާއްސަ ޑޮކްޓަރެއްގެ އިތުރުން އެތެރެހަށީގެ ޑޮކްޓަރެއް ވެސް ޝާމިލް ކުރުމަށް އެދިފައިވާނެކަމަށް ހަނިމާދޫ ސިއްޙީ މަރުކަޒުން މައުލޫމާތު ދެއެވެ. މިވަގުތު ހަނިމާދޫގައި 16 މާބަނޑު މީހުން އެބަތިއްބެވެ.

އިޝްތިހާރު
އިޝްތިހާރު

މިދަތުރުގައި މާބަނޑު މީހުން ސްކޭން ކުރެވޭނެ، ގޮތްތައް ހަމަޖެއްސުމަށް ވެސް މަސައްކަތް ކުރެވޭތޯ ބަލަމުންދާކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްއިން ބުނެއެވެ. އެޕޮއިންމެންޓް ހެއްދުމުގެ ކަންތަށް ފަހުން އިއުލާން ކުރާނެ ކަމަށް ހަނިމާދޫ ސިއްޙީ މަރުކަޒުން ބުނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ