އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސަކަށް ހަބީބު

ޚަބަރު ފަހުގެ

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނަިއބު ރައީސަކަށް އެކޮމިޝަންގެ މެންބަރު އިސްމާއިލް ހަބީބު އިންތިހާބު ކޮށްފިއެވެ. އީސީގެ ނައިބު ރައީސަކަށް ހަބީބު އިންތިހާބު ކޮށްފައިވަނީ އެކޮމިޝަންގެ 623 ވަނަ ބައްދަލުވުމުގައި ނެގުނު ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސަކަށް ބޭފުޅަކު އިންތިހާބު ކޮށްފައިމިވަނީ އެމަޤާމުގައި ކުރިން ހުންނެވި އަހުމަދު އަކިރަމް، މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ފޮނުއްވި ސިޓީއެއްގައި އަކުރަމް ވިދާޅުވެފައިވަނީ ކޮމިޝަންގެ މެމްބަރުކަމުން އިސްތިޢުފާދެއްވާފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުޢައްސަސާތަކާ ބެހޭ ކޮމެޓީއަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެކޮމެޓީން އޭނާ މަޤާމުން ވަކިކުރުމަށް ފެންނަކަމަށް ނިންމާފައިވާކަމުގެ މައުލޫމާތު ލިބިވަޑައިގަތުމާއި ގުޅިގެން ކަމަށެވެ.

އީސީގެ ނައިބް ރައީސްގެ މަޤާމަށް މިއަދު އިންތިޚާބު ކުރެއްވި ހަބީބަކީ އެކޮމިޝަންގައި އެންމެ ގިނަ ދުވަސްވީ މެމްބަރެވެ.

އިލެކްޝަން ކޮމިޝަންގެ ޤާނޫނުގެ 7 ވަނަ މާއްދާގައި ބުނެފައިވަނީ ކޮމިޝަނުގެ ރައީސަކާއި، ނައިބު ރައީސަކު ޢައްޔަންކުރާނީ ކޮމިޝަނުގެ މެންބަރުންގެ ތެރެއިން، ކޮމިޝަނުގެ މެންބަރުންކަމަށެވެ. އަދި އީސީގެ ޤާނޫނުގެ 11 ވަނަ މާއްދާގައި ބުނެފައިވަނީ ކޮމިޝަނުގެ ރައީސްކަމުގެ މަޤާމު، ނުވަތަ ކޮމިޝަނުގެ ނައިބު ރައީސްކަމުގެ މަޤާމު، ނުވަތަ ކޮމިޝަނުގެ މަޤާމެއް ހުސްވެއްޖެނަމަ، އެމަޤާމެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެމަޤާމަށް މީހަކު އަލުން އިންތިޚާބު ކުރަންވާނެ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ