މަޢުލޫމާތު ބަދަލުވެފައިވާ ނަމަ 8 ފެބްރުއަރީގެ ކުރިން އައިޑީކާޑް އާކުރަން އެދެފި

ޚަބަރު ފަހުގެ

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓްލާން ބޭނުންވާ ފަރާތްތަކުގެ ތެރެއިން މަޢުލޫމާތު ބަދަލުވެފައިވާ ފަރާތްތަކުން 2021 ފެބްރުއަރީ 8 ގެ ކުރިން އައިޑީކާޑް އައު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން އެދިއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ، ވޯޓް ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ ފައިނަލް ކުރުމުގެ މަސައްކަތް އެ ކޮމިޝަނުން ކުރަމުން ގެންދާތީ، ރަށްވެހިކަން ނުވަތަ، އެޑްރެސް ބަދަލު ކުރަން ބޭނުންވާ ފަރާތްތަކުން 2021 ފެބްރުއަރީ 8 ވަނަ ދުވަހުގެ ކުރިން ރަށްވެހިކަން ބަދަލުކޮށް އައިޑީކާޑް ހެއްދުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެ ކޮމިޝަނުން މިހެން ބުނެފައި ވީނަމަވެސް، ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންގެ މުވައްޒަފަކު ކޮވިޑް19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެ ޑިޕާޓްމަންޓްގެ މަސައްކަތްތައް މިވަގުތު ވަނީ މަޑުޖައްސާލާފައިކަން ފާހަގަ ކުރެވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ