ބީއެމްއެލް ކާޑުން ވިޔަފާރިކޮށްގެން ފައިސާގެ ބޮޑެތި އިނާމްތަކެއް

ޚަބަރު ފަހުގެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުން ވިޔަފާރިކޮށްގެން ފައިސާގެ އަގުބޮޑެތި އިނާމުތައް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ބީއެމްއެލް އިން ވިދާޅުވީ ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް އެ ބޭންކް އިން މިއަދު ފަށާފައިވާކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މި ޕްރޮމޯޝަނުގައި ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރާ ކަސްޓަމަރުންގެ މެދުގައި ކޮންމެ ހަފްތާއަކު ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް 5،000 ރުފިޔާގެ ގިފްޓް ކާޑެއް ލިބިގެންދާނެކަމުގައި އެ ބޭންކް އިން ވަނީ ވިދާޅުވެފައެވެ. މި ގޮތަށް 9 ހަފްތާގައި ނަސީބުވެރިން ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ފަރާތަކަށް 20،000 ރުފިޔާގެ ގިފްޓްކާޑެއް ދިނުމަށްވެސް އެބޭންކް އިން ވަނީ ހަމަޖައްސާފައެވެ.

މި ޕްރޮމޯޝަން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ 2021 ޖަނަވަރީ 28 އިން ފެށިގެން 2021 މާރިޗު 28 ގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގައި ހިމެނުމަށް ހަމަޖެހިފައިވަނީ ކާޑު ބޭނުންކޮށްގެން ކަސްޓަމަރުން ރާއްޖޭގައި ކުރާ ވިޔަފާރި މުއާމަލާތްތަކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ