ކަރަންޓީން ފެސިލިޓީ އަށް ގެސްޓްހައުސް ހޯދަނީ

ޚަބަރު ފަހުގެ

ކޮވިޑް-19 ގެ ބައްޔަށް ޕޮޒިޓިވްވާ ރިސޯޓުތަކުގެ މުވައްޒަފުންނާއި ޓޫރިސްޓުން ކަރަންޓީން ކޮށްފައި ބައިތިއްބާނެ ގެސްޓްހައުސް ތަކެއް ހޯދަން ފަށައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ޓޫރިޒަމް ދާއިރާ އަދި މިދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ކަރަންޓީންކުރުމަށާއި އައިސޮލޭޓް ކުރުމަށް ހުޅުމާލެ އިން ތިން ޓޫރިސްޓު ގެސްޓުހައުސް އަދި ހޮޓާ ކަނޑައެޅުމަށް ނިންމާފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން ކޯވިޑް-19 އަށް ފައްސިވާ އަދި ކޮންޓްރެކްޓް ޓްރޭސިންގެ ތެރެއިން ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަވާ ޓޫރިސްޓުން އަދި މުވައްޒަފުން މި ތިން ގެސްޓުހައުސް އަދި ހޮޓަލުގައި އައިސޮލޭޓް އަދި ކަރަންޓީން ކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

ކަރަންޓީން ފެސިލިޓީގެ ގޮތުގައި ބޭނުންކުރާނެ ތަންތަން ދެވޭނެ ފަރާތްތަކުން މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހަޅަން ޖެހެނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިންނެވެ.

ކޮވިޑް-19 ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވުމަށްފަހު ބަލި ޖެހޭ މީހުންގެ އަދަދު މިހާރު ވަނީ މަތިވާން ފަށާފަ އެވެ. ރާއްޖޭން މިހާތަނަށް ކޮވިޑް-19 އަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އިތުރު 118 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،492 މީހުންނެވެ. މިހާތަނަށް 14،064 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. ހޮސްޕިޓަލްގައި އެޑްމިޓްކޮށް 142 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ