މުކުރިމަގު ބަނދަރު ފުންކުރުމުގެ މަސައްކަތް ފަށައިފި

ޚަބަރު ފަހުގެ

ލ.ގަމު މުކުރިމަގު އަވަށުގެ ބަނދަރު ފުންކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތަށް ބޭނުންވާ ވަޞީލަތްތައް އެރަށަށް ގެންގޮސް، މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

ލ. ގަމު މުކުރިމަގު އަވަށުގެ ބަނދަރު ފުންކުރުމުގެ މަޝްރޫޢަކީ މިނިސްޓްރީ އޮފް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗަރއިން މޯލްޓިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިޔަށްގެންދާ މަޝްރޫޢެކެވެ.

އިޝްތިހާރު
އިޝްތިހާރު

ލ. ގަމު މުކުރިމަގު އަވަށުގެ ބަނދަރު ފުންކުރުމުގެ މަޝްރޫޢުގެ ދަށުން ނެރުގެ 5454 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ފަޅުން 1938 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އެމްޓީސީސީން ވިދާޅުވެއެވެ.

މުކުރިމަގު ބަނދަރު ފުންކުރުމުގެ މަޝްރޫޢު ފެށުމުގެ ކުރިން އެމްޓީސީސީން ވަނީ އެކަމަށް ބޭނުންވާ ސަރވޭގެ މަސައްކަތް 2019 ވަނަ އަހަރުގެ ފަހުކޮޅު ކުރިޔަށް ގެންގޮސްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ