ބޮޑުފޮޅުދޫ އާއި އުނގޫފާރު ބިންހިއްކުމުގެ މަޝްރޫއުގައި ސޮއިކޮށްފި

ޚަބަރު ފަހުގެ

އއ. ބޮޑުފޮޅުދޫ އާއި، ރ. އުނގޫފާރު ބިންހިއްކުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި ދެމަޝްރޫޢުވެސް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ ޕަބްލިކް ލިމިޓެޑް (އެމްޓީސީސީ) އާއިއެވެ.

އިޝްތިހާރު
އިޝްތިހާރު

މިއަދު ސޮއި ކުރެވުނު މި ދެ މަޝްރޫޢުގެ ތެރެއިން އއ. ބޮޑުފޮޅުދޫ ބިން ހިއްކުމުގެ މަޝްޜޫއު އެކުންފުންޏާއި ހަވާލުކޮށްފައި ވަނީ 365 ދުވަސް ތެރޭގައި ނިންމާ ގޮތަށް 78،568،391.97 ރުފިޔާއަށެވެ.

މި މަޝްރޫޢުގެ ދަށުން ބޮޑުފޮޅުދޫ އިން 8 ހެކްޓަރގެ ބިންހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 1052 މީޓަރގެ ރިވެޓްމަންޓާއި، 180 މީޓަރގެ ބްރޭކްވޯޓަރ އަދި 110 މީޓަރގެ ގްރޮއިން ގާއިމްކުރަން ޖެހޭނެއެވެ.

މީގެ އިތުރުން މިއަދު ސޮއިކުރެވުނު ރ. އުގޫފާރު ބިން ހިއްކުމުގެ މަޝްރޫޢު އެކުންފުންޏާއި ހަވާލުކޮށްފައި ވަނީ240 ދުވަސް ތެރޭގައި ނިންމަންޖެހޭ ގޮތަށް75،345،322،58 ރުފިޔާއަށެވެ.

މި މަޝްރޫޢުގެ ދަށުން އުނގޫފާރުން 10 ހެކްޓަރގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 150 މީޓަރގެ ރިވެޓްމެންޓަކާއި، 75 މީޓަރގެ ޕްރޮއިން ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢުގެ ކޮންޓްރެކްޓްގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން ސޮއި ކުރެއްވީ އެމިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ އަލްފާޟިލާ ޒީނިއާ އަޙްމަދު ހަމީދުއެވެ. އަދި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮންޕެނީ ޕަބްލިކް ލިމިޓެޑްގެ ފަރާތުން މި ރަސްމިއްޔާތުގައި ބައިވެރިވެލެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ޝާހިދު ހުސެއިން މޫސާ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ