ރައްޔިތުން ނުކުމެ ރައީސް ސާލިހު ހައްޔަރު ކުރަން އަދުރޭ ގޮވާލައިފި!

ޚަބަރު ފަހުގެ

ރައްުޔިތުން ނުކުމެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ހައްޔަރުކުރަން ޕީއެންސީގެ ރައީސް އަބްދުއްރަހީމް، އަދުރޭ ގޮވާލައްވައިފިއެވެ.

އަދުރޭ މިހެން ވިދާޅުވެފައިވަނީ ޕީޕީއެމުން މިރޭ ބޭއްވި ބައްދަލުވުމުގަ ވާހަކަ ދައްކަވަމުންނެވެ. އަދުރޭ ވިދާޅުވީ ހުއްޓާ ނުލާ 24 ގަޑި އިރުވެސް މުޒާހަރަ ކުރަން ޖެހިދާނެ ކަމަށެވެ. އަދި ދިވެހި ސިފައިންނާއި ފުލުހުންނަށްވެސް ސަރުކާރާ ދެކޮޅަށް ނުކުތުމަށް އަދުރޭ މިރޭ ވަނީ ގޮވާލާފައެވެ.

އިޝްތިހާރު
އިޝްތިހާރު

އިންޑިއާއިން ހަދިޔާ ކޮށްފައިވާ ވެކްސިންތަކާ ގުޅޭގޮތުން އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުންގެ އިތުރުން އިދިކޮޅު ކޯލިޝަންގެ ގިނަ މެންބަރުން ދަނީ މުޒާހަރާ ކުރަމުންނެވެ. މީގެ އިތުރުންރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދޫކޮށްލުމަށްވެސް އިދިކޮޅުންދަނީ މުޒާހަރާ ކުރަމުންނެވެ. މިހެން ކުރިޔަށްގެންދިޔަ މުޒާހަރާއެއްގެ ތެރެއިން އަދުރޭ އާއި ޝުޖާޢު ވެސް ވަނީހައްޔަރު ކޮށްފައެވެ.

އަދުރޭ އަށް ކޮށްފައިވަނީ ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމު ދައުވާއެވެ. މި ދައުވާތަކުގައި ކުރާ ތުހުމަތުތަކަށް އަދުރޭ ވަނީ އިންކާރު ކޮށްފައެވެ. މި ކުށް ސާބިތުވެއްޖެނަމަ، އެންމެ ބޮޑު އަދަބަކީ ތިން މަސް ދުވަހަށް ޖަލަށް ލުމެވެ.

އަދުރޭ މިރޭ ބުނީ ފެބުރުއަރީ މަހަކީ އެމްޑީޕީން “ބޮޑިއެއް ބުއި” މަހެއްކަމަށެވެ. އަދި ރައްޔިތުން ނުކުމެ ރައީސުލްޖުމްހޫރިއްޔާ ހައްޔަރު ކުރިއަސް ސިފައިންނާ ފުލުހުން އެކަން ބަލައިގަންނާނެ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ