ހަނިމާދޫގައި ތިބެ އިނގިރޭސި ބަސް އިތުރަށް އުނގެނި ފަށުވިކޮށްލުމަށް ފުރުސަތެއް

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫގައި ހާއްސަ އިނގިރޭސި ކުލާސްތަކެއް ފެބުރުއަރީ 7 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދިއުމަށް ” އެލް އެލް އީ” ގެ ނަމުގައި ޒުވާނުން ތަކެއް އިސްނަގައި ހިންގުމަށް ތައްޔާރުވެއްޖެއެވެ. މި ކުލާސްތައް ނަގައި ދިނުމަށް ހަމަޖެހިފައިވަނީ ހަފްތާގެ 6 ދުވަހަކަށް ބަހާލައިގެންނެވެ.

ހަނިމާދޫއަކީ މިހާރުވެސް، ސްކޫލް ދަރިވަރުންގެ ގޮތުގައި 400 އަށް ވުރެ ގިނަ ދަރިވަރުން ތަޢުލީމު ޙާސިލް ކުރަމުންދާ ރަށެކެވެ. އަދި މިރަށު ސްކޫލުގައި ޕްރީ ސުކޫލުން ފެށިގެން އޯލެވެލް އާއި ހަމައަށް މިހާރުވެސް ދަނީ ކިޔަވާ ދެމުންނެވެ.
“އެލް އެލް އީ” ގެ ފަރާތުން ވާހަކަ ދައްކަވަމުން ކޯރޑިނޭޓަރ ޢަލީ ވިދާޅުވީ، މި އިނގިރޭސި ޙާއްސަ ކުލާސްތައް ފެށުމަށް އެފަރާތުން ނިންމީ، ރަށުގެ ދަރިވަރުންގެ އިނގިރޭސި ފެންވަރު އިތުރަށް ތަރަށްގީ ކުރުމަށް އެހީވުމަށާއި އަދި ސްކޫލް ދައުރު ނިމި މަތީ ތަޢުލީމް ޙާސިލް ކުރުމަށް އަދި ވަޒީފާގެ މާޙައުލަށް ނުކުތުމަށް އެހީވެދިނުމުގެ ނިޔަތުގައެވެ. އަދި އޭގެ އިތުރުން އުމުރުން ދޮށީ ބޭފުޅުންނާއި އިނގިރޭސި ބަސް ދަސްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ރަށުގައި ތިބެ އުނގެނުމުގެ ފުރުސަތު ފަހި ކޮށްދިނުމެވެ.

އިޝްތިހާރު
އިޝްތިހާރު

މި ކްލާސްތަކުގައި ދަރިވަރުން ބައިވެރި ކުރުމަށް ބޭނުންފުޅުވާ ބެލެނެވެރިންނާއި އަދި ދޮށީ ބެފުޅުންނަށް ހާއްސަ ކުލާސް ތަކުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން 9402388 އާއި ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު މިމަހުގެ 7 ވަނަ ދުވަހުގެ ކުރިން ނަންނޯޓު ކުރެއްވުމަށް ‘އެލް އެލް އީ’ ގެ ފަރާތުން އެދިލައްވައެވެ. އަދި ކޮންމެ ކުލާހެއްގައިވެސް ހިމެނުމަށް ހަމަޖެހިފައިވާ އެންމެ ގިނަ އަދަދަކީ 10 ދަރިވަރުންކަން އެފަރާތުން މަޢުލޫމާތު ދެއްވައެވެ.

“މި ވަގުތު އަޅުގަނޑުމެންނަށް ރަނގަޅަށް ކިޔަވައިދީ، މި ފެށުމުގެ މަޤްސަދު ޙާސިލް ކުރެވޭނީ އެންމެ ގިނަ އަދަދަކަށް 10 ދަރިވަރުން ކުލާހަކަށް ލައިގެން، އެހެނަސް ބަހާލެވިފައިވާ ކޮންމެ ކުލާހަކަންމެ 2 ދަރިވަރުން ހަމަވި ކަމުގައިވިޔަށް ކުލާސްތައް ކުރިއަށް ގެންދިއުމަށް މިވަނީ ނިންމާފައި.” ކޯރޑިނޭޓަރ ޢަލީ ވިދާޅުވިއެވެ.

ފޭސްބުކްގައި އެލް އެލް އީ ގެ ފަރާތުން ވަނީ ޙާއްސަ ޕޭޖެއް އިއްޔެގެ ވަގުތެއްގައި ހުޅުވާފައެވެ. އަދި ކްލާސްތައް ބެހިފައިވާ އުމުރުފުރާތަކާއި ދުވަސްތަކާއި ގަޑިތައް އެންގޭނޭ ތާވަލްތަކެއް ޝާއިއުކޮށްފައިވާކަން ފާހަގަ ކޮށްލެވެއެވެ.

މި ކުލާސްތަކަށް އެއްވެސް ފީ އެއް ނެގުމަށް ހަމަޖެހިފައި ވޭތޯ ގޮށްކޮޅުގެ ފަރާތުން ސުވާލު ކޮށްލުމުން ކޯރޑިނޭޓަރ ވިދާޅުވީ، ރަށުގެ އުނގެނުމުގެ އެހެނިހެން ކްލާސްތައް ހިންގާ އުސޫލުން އާންމުންނަށް ބަލައިގަނެވޭނެ މަހު ފީތަކެއް ކަނޑައެޅިފައިވާކަމަށާއި ދަރިވަރުންގެ ފަރާތުން ތަފާތު ހެޔޮބަދަލުތަކެއް، އިންޝާ ﷲ ފެނިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، އުނގެނުމަކީ އެއްވެސް އުމުރެއް ކަނޑައެޅިފައިވާ ކަމެއް ނޫން ކަމަށާއި، މުހިންމީ އުންގެނުމުގެ މިފަދަ ފުރުސަތުތައް ރަށުގައި ހުރިހާ އުމުރަކަށް އޮތުން ކަމުގައި ކޯރޑިނޭޓަރ ޢަލީ ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ