ކޮވިޑް-19ގެ އާ ވައްތަރުތައް ރާއްޖެއިން ފެނިއްޖެ

ޚަބަރު ފަހުގެ

ކޮވިޑް-19ގެ އާ ވައްތަރުތައް ރާއްޖެއިން ފެނިފައިވާ ކަމަށް ރާއްޖޭގައި ހެދި ސާވޭ އަކުން ދައްކައިފިއެވެ.

އެޗްއީއޯސީ ކުރިއަށް ގެންދިޔަ ކުއްލި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑޮކްޓަރު ޝީނާ ވިދާޅުވީ، މިދިޔަ ޑިސެމްބަރ މަހުން ފެށިގެން ކޮވިޑް-19 ފެތުރޭ މިންވަރު އަނެއްކާވެސް އިތުރުވާން ފަށާފައިވާ ކަމަށް ފެންނަ ކަމަށާއި އެގޮތަށް އިތުރުވާން ދިމާވެފައިވަނީ މި ބަލީގެ އާ ވައްތަރެއް ރާއްޖޭގައި އުޅޭތީ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޝީނާ ވިދާޅުވީ، އެކަން ބެލުމަށް ހެލްތް އިމްޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގައި ހެދި ސާވޭގައި ރާއްޖޭގައި ކޮވިޑް-19ގެ އާ ވޭރިއެންޓެއް އުޅޭ ކަން އެނގިފައިވާ ކަމަށެވެ.

“އެޗްއީސީގައި ހެދި ސްޓަޑީޒްއިން ދައްކާ ގޮތުގައި މިހާރު އަޅުގަނޑުމެންގެ ތެރޭގައި، ރާއްޖޭގައި އެބަ އުޅޭ ވޭރިއެންޓް ގާތްގަނޑަކަށް 30 އިންސައްތަ.” ޑރ. ޝީނާ ވިދާޅުވިއެވެ.

ޝީނާ ވިދާޅުވީ، އެހެންކަމުން ތިންބައި ކުޅަ އެއްބައި މީހުންނަށް ކޮވިޑް-19 ޖެހެނީ މި ވޭރިއެންޓުން ކަމަށާއި މިއީ ރާއްޖެއިން ކޮވިޑް-19ގެ ވޭދަނަތައް އެހާ އަވަހަށް އިތުރުވި އެއް ސަބަބު ކަމަށް ވެދާނެ ކަމަށެވެ.

“ޓެކްނިކަލީ ބުނަންޔާމުން ވޭރިއެންޓް އުޅެންޔާ ޓްރާންސްމިޝަން ކުރިނަށްވުރެ ބާރަށް ހިނގާނެއޭ. ހަނދުމަފުޅު ހުންނާނެ ކަންނޭނގޭ އާރު ވެލިއުގެ ވާހަކަ ދެކެވިފައި އޮންނާނެ ކޮވިޑް ފެތުރިގެން އައިއިރު. އެހެންމަ އާރު ވެލިއު ނޯމަލް ކުރީގެ ވޭރިއެންޓްސްތަކަށްވުރެ މި ވޭރިއެންޓްގެ ގާތްގަނޑަކަށް 4.4 އެބަ ބާރުމިނުގައި ފެތުރޭ” ޝީނާ ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ