ކަރަންޓީނުގައި ހުރި އިތުރު މީހަކު މަތިވެރިން ފައްސި ވެއްޖެ

ޚަބަރު ފަހުގެ

އއ.މަތިވެރީގައި ކަރަންޓީނުގައި ހުރި އިތުރު މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ. މިއަދު ފައްސި ވެފައި ވަނީ މީގެ ކުރިން އެރަށުން ފައްސިވީ ކުޑަ ދެކުދިންނާ އެއް ގެއެއްގައި ދިރިއުޅޭ އަންހެނެކެވެ.

އެއީ ކަރަންޓީނު ކޮށްފައިވާ ގެއަކަށް ވީ ނަމަވެސް، އޭގެ ކުރިން އެއަންހެން މީހާ ކޮންޓެކްޓު ވެފައި ތިބި މީހުން ވެސް މިހާރު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެއެވެ.

އިޝްތިހާރު
އިޝްތިހާރު

މަތިވެރިން މިހާތަނަށް ކޮވިޑަށް ޓެސްޓު ކުރަން 48 ސާމްޕަލެއް ނަގާފައިވާއިރު، އެހުރިހާ ސާމްޕަލެއް ވެސް ވަނީ ނައްސި ވެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ