ވަގަށް ނަގާފައިވާ ބައިލައްކަ އަށްވުރެ ގިނަ ރުފިޔާ ފުލުުހުން ހޯދައިފި

ޚަބަރު ފަހުގެ

ތިލަފުށި ސައިޓެއްގައި މަސައްކަތްކުރާ މުވައްޒަފުން ދިރިއުޅޭތަނަކުން ބިދޭސީ މުވައްޒަފެއްގެ 59500 ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް، ޖަނަވަރީ 10 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ފުލުހުންކުރި ތަހުގީގުގެ ތެރެއިން އެ ފައިސާތައް ހޯދައިފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންކުރި ތަހުގީގުގެ ތެރެއިން، އެކަމާގުޅިގެން ތުހުމަތު ކުރެވޭ މީހުންނާއި އެމީހުން ދާނެ ކަމަށް ބެލެވޭ ތަންތަން ދެނެގަތުމަށް ސީސީޓީވީ ފުޓޭޖުތައް ބަލާފައިވެއެވެ. އެގޮތުން ބެލިބެލުމުގެ ތެރެއިން ބައެއް ފައިސާ ފެނިފައިވަނީ ތިލަފުށި ސައިޓެއްގައިހުރި ޖަމްބޯ ބޭގެއްގެ ތެރެއިންނެވެ. އަދި ބާކީ ފައިސާ ހޯދާފައިވަނީ ބަނގްލަދޭޝްގައި ހުރި މީހެއްގެ އެކައުންޓަށް ޓްރާންސްފަރކޮށްފައި ހުއްޓައެވެ. އެ އެކައުންޓަށް ޓްރާންސްފަރ ކޮށްފައިހުރި ފައިސާއާއެކު ޖުމްލަ 59500 ރުފިޔާ މިހާރުވަނީ އެ ބިދޭސީ މުވައްޒަފާ ހަވާލުކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

މި މައްސަލަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ