ޕަޑާބޯން ބަލިކޮށް ޑޯޓްމުންޑް ކުއާޓާއަށް

ކުޅިވަރު ފަހުގެ

ޖަރުމަން ކަޕުގެ ތިންވަނަ ބުރުގައި އަންގާރަ ދުވަހުގެރޭ ދެވަނަ ޑިވިޝަނުގެ ޕަޑާބޯން ބަލިކޮށް ކުއާޓާފައިނަލުން ބޮރޫޝިއާ ޑޯޓްމުންޑް ޖާގަ ހޯދައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޑޯޓްމުންޑް މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗުގެ ފުރަތަމަ ހާފުގައި ޑޯޓްމުންޑުން މޮޅު ކުޅުމެއް ދެއްކިއިރު، މެޗު ފަށައިގެން ހަވަނަ މިނެޓުގައި އެމްރޭ ޗޭން ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ. އަދި އޭގެ 10 މިނެޓު ފަހުން ޑޯޓްމުންޑަށް ލީޑު ފުޅާކޮށްދިނީ މި އަހަރު މޮޅު ކުޅުމެއް ދައްކަމުން އަންނަ ޖޭޑަން ސަންޗޯއެވެ.

ޑޯޓްމުންޑުން ފުރަތަމަ ހާފުގައި ދެ ލަނޑުގެ ލީޑެއް ނެގި ނަމަވެސް، ޕަޑާބޯނުން ވަނީ ދެވަނަ ހާފުގައި ނަތީޖާ އެއްވަރުކޮށްފައެވެ. އެގޮތުން މެޗުގެ 74 ވަނަ މިނެޓުގައި އެ ޓީމަށް ފަރަގު ކުޑަކޮށްދިނީ ޖޫލިއަން ޖަސްޓްވަނެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ޕްރިންސް އޮސެއި އޮވުސޫ ވަނީ ޕަޑާބޯނަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން އިތުރު ވަގުތުގެ ދެ ހާފު ކުޅުނުއިރު، ޑޯޓްމުންޑުން ލީޑު ނަގާފައިވަނީ ފުރަތަމަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އާލިން ބްރައުޓް ހާލަންޑެވެ.

މި މޮޅާއެކު ޖަރުމަން ކަޕުގެ ކުއާޓާއަށް ޑޯޓްމުންޑް ދަތުރުކުރިއިރު، ކުއާޓާގެ މެޗުތައް ކުޅުމަށް ތާވަލުކޮށްފައިވަނީ އަންނަ މާޗު މަހުގެ ކުރީކޮޅެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ