ކޮވިޑް-19 ޖެހިގެން ދިވެއްސަކު ނިޔާވެއްޖެ

ޚަބަރު ޚަބަރު ޢާޖިލް ފަހުގެ

ކޮވިޑް-19 ޖެހިގެން ދިވެއްސަކު ނިޔާވެއްޖެ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ 11ވަނަ ބުރީގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވަނީ ޢުމުރުން 70 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެޗްޕީއޭއިން ވިދާޅުވީ މިމީހާ ނިޔާވެފައިވަނީ މިއަދު 15:42 ހާއިރުކަމަށެވެ. މިއީ މިއަހަރު ފެށުނުފަހުން މިބަލީގަިއ ރާއްޖެއިން ނިޔާވި 5ވަނަ މީހާއެވެ.

އިޝްތިހާރު
އިޝްތިހާރު

ރާއްޖެއިން އެންމެ ފަހުން ކޯވިޑް ބަލީގައި މީހަކު ނިޔާވެފައިވަނީ މިދިޔަ މިމަހުގެ 31ވަނަ ދުވަހުގައެވެ. އެއީ ޢުމުރުން 88 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިހާތަނަށް ރާއްޖެއިން މި ބަލީގައި ނިޔާވެފައިވަނީ 44 ދިވެހިންނާއި 8 ބިދޭސީންނެވެ. ރާއްޖެއިން ކޯވިޑް-19 ޖެހިފައިވާ މީހުންގެ އަދަދުވަނީ 16000އިން މައްޗަށް އަރާފައެވެ. މިވަގުތު 100 އަށްވުރެ ގިނަ މީހުންނަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދެއެވެ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ