ވިހެއުމުގެ ތެރޭގައި ޒުވާން އަންހެނަކު ނިޔާވެއްޖެ

ޚަބަރު ފަހުގެ

ވިހެއުމުގެ ތެރޭގައި އުމުރުން 23 އަހަރުގެ ޒުވާން އަންހެނަކު ނިޔާވެއްޖެއެވެ.

އާއިލާއާ ޙަވާލާދީ މިހާރު ނޫހުގައި ބުނެފައިވަނީ ސަލްމާ ނަމަކަށްކިޔާ މިޒުވާނާ އަލަތު ދަރިފުޅަށް ވަރަށް ބޮޑަށް ތައްޔާރުވަމުންދިޔަކަމަށެވެ. އަދި ވިހާފައިވަނީ ފިރިހެން ދަރިފުޅެއް ކަމަށާއި، ދަރިފުޅު ވިހޭތާ ދެ ގަޑިއިރު ފަހުން، މިއަދު މެންދުރު ސަލްމާ ނިޔާވީ، ލޭ މަނާ ނުވެގެންކަމަށްވެސް އޭނާ ވިއްސި އޭޑީކޭ އިން ބުނެފައިވާކަމަށް މިހާރުގައި ވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ސަލްމާ ބަނޑު ބޮޑުވެފައިވަނީ ކައިވެންޏަށް ދެ އަހަރުވީ ފަހުންނެވެ. ސަލްމާ ނިޔާވިކަން އޭނާގެ ފިރިމީހާއަށް އަދިވެސް ޤަބޫލުނުކުރވޭކަމަށް އާޢިލާއިން ބުނެއެވެ.

ލޯބި ލޯބިން އުޅުނު އެދެމަފިރިންގެ ތުއްތު ދަރިފުޅާއި ފިރިމީހާ އަދި އާއިލާ ދޫކޮށް، ކުއްލި ގޮތަކަށް ސަލްމާ ނިޔާވުމުން އެންމެންވެސް ތިބީ ބޮޑު ހިތާމައެއްގައެވެ.

މިހާދިސާއާއި ގުޅިގެން އޭޑީކޭއިން ވަކި އެއްޗެއް ހާމަކޮށްފައި ނުވާއިރު، އޭޑީކޭގައި މި ހާދިސާ ދިމާވިގޮތް އެ ހޮސްޕިޓަލުން މިހާރު ތަހުގީގު ކުރަމުން އަންނަކަމަށްވެސް މަޢުލޫމާތު ލިބިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ